ads
ޕީއެންސީން ބޭއްވި ތަރާވީހުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ
މި ދެ އަހަރު މާލޭ ކައުންސިލް އޮތީ ހުއްޓިފައި، ޕީއެންސީ ހޮވައިދީ: ރައީސް
މޭޔަރުކަމުން އެކަނަިކުފާނު ވަކިވެ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ މުއްދަތުގައި އިދިކޮޅު އެމްޑީޕީގެ މޭޔަރަކު ހުރުމުން މާލެ ސިޓީ ކައުންސިލް އޮތީ ހުއްޓިފައި ކަމަށާއި އެހެންކަމުން ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓީމު ހޮވާދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
Advertisement

އާޓިފިޝަލް ބީޗުގައި ޕީއެންސީން ބޭއްވި ތަރާވީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ އެމަނިކުފާނު މޭޔަރުގައި ކުރެއްވި ކަންކަމުގެ ވާހަކަތައް ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު މޭޔަރަކަށް ހުންނަވައިގެން މާލޭގެ ރައްޔިތުންނަށް ކޮށްދޭން ރޭވި އެކިކަން އެކުލަވާލާ ސްޓްރެޓީޖިކް ޕްލޭން ފޮތެއް އޮންނާނެކަމަށެވެ. އެހެންނަމަވެސް އިދިކޮޅު އެމްޑީޕީއަށް މޭޔަރުކަން ލިބުމުން އެކަންކަން ހުއްޓިފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" އޭރު ފެށި ދައުރު ހިނގަމުން އައިސް މި ނިމެނީ. ދައުރުގެ މި ދެ އަހަރު ދުވަހުގެ ތެރޭގައި މި ކަންކަމެއް ނުހިނގާ. މީގައި ހުރި ކަންކަން ކުރަން ރައްޔިތުން ހަވާލުކުރީ. އެ ކައުންސިލްގެ ދައުރު އަދި ނުނިމޭ، އެހެން ނަމަވެސް މަސައްކަތް ހުއްޓުނީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

މިހާރު އޮތް ކައުންސިލްގައި އޮތީ ޕީއެންސީގެ މެޖޯރިޓީ އޮވެ ކަމެއް ނުވާކަމަށޤ މީހުން ބުނެފާނެކަމަށް ވިދާޅުވެ  ކައުންސިލުގައި ހިމެނޭ ސަރުކާރު މެމްބަރުންގެ ދިފާއުގައި ރައީސް ރޭ ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން މެޖޯރިޓީ އޮތަސް ކައުންސިލްގެ އުސޫލު އޮންނަ ގޮތުން މެޖޯރިޓީއަށް ކަމެއް ނުކުރެވޭނެކަމަށް ރައީސް މުއިއްޒު ރޭ ވީދާޅުވިއެވެ. 

" މޭޔަރުގެ އެންގުމުގެ މައްޗަށް ސެކްރެޓަރީ ޖެނެރަލް މަސައްކަތް ކުރަން ޖެހޭނީ. ސެކްރެޓަރީ ޖެނެރަލްގެ އެންގުންތައް ކައުންސިލްގެ ހުރިހާ މުވައްޒަފުން ތަންފީޒުކުރަން ޖެހޭނީ. ދެން ތިބީ 18 ކައުންސިލަރުންތޯ ތިން ކައުންސިލަރުންތޯ އެއީ 'މެޓާ'ވާ ކަމެއް ނޫން، ގޯސްކޮށް ކަންކުރަން ބޭނުންވެއްޖެއްޔާ. މިދިޔަ ދެ އަހަރު ދިޔައީ ގޯސްކޮށް،" އެމަނިކުފާނުގެ މެމްބަރުންގެ ދިފާއުކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކައުންސިލްތަކަށް ޕީއެންސީގެ މެޖޯރިޓީ ދިނަސް ކަންކަން އެޖެންޑާކުރުމާއި ތަންފީޒު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ކައުންސިލްގެ އެންމެ އިސްމަގާމުގައި ހުންނެވި ބޭފުޅަކު ކަމަށް ވާތީ، ސިޓީތަކުގެ މޭޔަރުންނާއި ކައުންސިލްގެ ރައީސުންނަށް ޕީއެންސީގެ ކެންޑިޑޭޓުން އިހުތިޔާރުކުރުމަށް ވެސް ރައީސް މުއިއްޒު ރޭ ވަނީ އެދިވަޑައިގެންފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;