ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ސިނަމާލެ ބުރިޖުން ހުޅުމާލެއަށް ކުނި ބަރުކޮށްގެން ދަތުރުކުރި ޕިކަޕެއް ފުރޮޅާލާފައިވާ މައްސަލައެއް ހެނދުނު 09:45ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިގޮތުން، އެ ޕިކަޕު ފުރޮޅާލީ، ފުރޮޅު ފަޅައިގެން ގޮސް، އަރިއަޅާލައިގެން ފެންސްގައި ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި ހާދިސާގައި މީހަކަށް އަނިޔާވެފައިނުވާއިރު، އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.
އާންމުވެފައިވާ ވީޑިއޯގައި ފެންނަ ގޮތުގައި ފުރޮޅާލި ޕިކަޕުގެ ކުރީކޮޅު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އަދި ޕިކަޕުގައި ހުރި ކުނިތައް ވެސް ބްރިޖުމައްޗަށް އެޅިފައި އޮތެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;