ގާސިމްގެ ބައްޕާފުޅުގެ ހަނދާނުގައި އެޅި މިސްކިތައް ކިޔަނީ 'މަސްޖިދު އިބްރާހިމް' އެވެ.
މި މިސްކިތް ހުޅުވުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވާދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ޤާސިމް އިބްރާހިމްއެވެ.
މިސްކިތް ހުޅުވުމަށްފަހު އެ މިސްކިތުގައި މިއަދު ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
ގާސިމްގެ ބައްޕާފުޅުގެ ނަމުގައި މާމިގިލީގައި އެޅި މިސްކިތުގައި މިއަދު ހުކުރު ނަމާދުކުރަނީ
800 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދެ ޖިންސުގެ މީހުންނަށް ވަކިން ނަމާދުކުރެވޭ މި މިސްކިތަކީ އޭސީކޮށްފައިވާ މިސްކިތެކެވެ.
ސަރުކާރުގެ ހަރަދުގައި ޢިމާރާތްކުރި ބައެއް މިސްކިތްތަކާއި، އަމިއްލަ ފަރާތްތަކާއި ގުޅިގެން އިމާރާތްކުރި މިސްކިތްތައް ހިމެނޭހެން މި ރަމަޟާން މަހަށް 15 މިސްކިތެއް ހުޅުވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;