ads
ބަޔަކު މަގުމަތީގައި މަޑުކޮށްލުން
އަންނަ މަހު ރާއްޖެއަށް ވާރޭ ވެހުން މަދުވެ ހޫނުމިން މަތިވާނެ: މެޓް
މި ފެށޭ މާރިޗުމަހު ރާއްޖެއަށް ވާރޭ ވެހުން މަދުވެ ހޫނުމިން މަތިވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
Advertisement

އެ އިދާރާއިން ބުނީ އަންނަ މަހު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވާރޭވެހޭނެކަމަށް ލަފާކުރެވެނީ އާއްމުކޮށް ވާރޭވެހޭ މިންވަރަށް ނުވަތަ އެއަށްވުރެ މަދުންކަމަށެވެ. އެހެންނަމަވެސް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވާރޭވޭހޭނެކަމަށްކަމަށް ބެލެވެނީ އާއްމުކޮށް ވާރޭވެހޭ މިންވަރަށްވުރެ މަދުންކަމަށް މެޓް އޮފީހުން ބުނެއެވެ. 

ފިނިހޫނުމިނަށް ބަލާއިރު މާރިޗުމަހު މުޅި ރާއްޖެއަށްވެސް ފިނިހޫނުމިން އެންމެ މައްޗަށޤ ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރުވެސް އާއްމު މިންވަރަށްވުރެ ކުޑަތަންކޮޅެއް މަތިވާނެކަަމަށް ލަފާކުރެވޭކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. 

މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކާގޮތުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހުސާސްކުރެވޭ ހޫނުމިން މި ހަފުތާގައި ވަނީ 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް އަރައިފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;