ކަރެކަޝަންއިން ބުނި ގޮތުގައި ބޮޑީ ސްކޭނަރަކީ ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓި، ފަހުގެ ބޮޑީ ސްކޭނިންގ މެޝިނެކެވެ. "ސޮޓަރ އާރް.އެސް ބޮޑީ ސްކޭނަރ" މެޝިންއަކީ އިންސާނުގެ ހަށިގަނޑުގައި ރައްކާކޮށް އެއްޗެހި އެތެރެކުރާ ހާލަތުގައި އެކަން ދެނެގަނެވޭނެ މެޝިނެކެވެ.
މަސްތުވާތަކެތި، އެކިކަހަލަ އާލާތްތައް އަދި ފޯނު ފަދަ ތަކެތިވެސް، މި ސްކޭން މެޝިނުން ދެނެގަނެވޭނެއެވެ.
ކަރެކްޝަނަލް ސަރވިސްއިން ބުނީ، މި މެޝިން މެދުވެރިކޮށް، މާފުށީ ޖަލުގެ ގައިދީންނާއި މުވައްޒަފުން އަދި އެހެނިހެން ބޭނުންތަކުގައިވެސް ޖަލަށް ވަންނަ މީހުން ސްކޭން ކުރާނެކަމަށެވެ.
މާފުށީ ޖަލުގައި ބޮޑީ ސްކޭނަރ މެޝިންގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ދާހިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;