ads
އެއާ އެރޭބިއާގެ ފުރަތަމަ ފްލައިޓް ރާއްޖޭގެ ވެލާނާ އެއާޕޯޓްގައި
މެދުއިރުމަތީގެ ހާލަަތު ގޯސްވުމާ ގުޅިގެން އިތުރު އެއާލައިންތައް ގެނައުމުގެ މަސައްކަތްކުރަނީ
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި، ހާލަތުގެ އަސަރުތައް ކުޑަކުރުމަށް އިތުރު އެއާލައިންތައް ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފި އެވެ.
Advertisement

މެދުއިރުމަތީގެ މަސްރަހު ހަލަބޮލިވެ، ދިގު ހަނގުރާމައެއް ތުންފަތް މަތީގައި އޮތުމާ ގުޅިގެން ނުތަނަވަސްކަން ބޮޑު ދަނޑިވަޅެއްގައި ޓްރާންސްޕޯޓު މިނިސްޓްރީން ދެންމެ ނެރުނު ބަޔާނުގައި ބުނީ މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތު އެ ވުޒާރާއިން ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށެވެ. 

ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނީ، ހާލަތުގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުުރުމަށް ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އޭޝިއާ އަދި އިންޑިއާގެ އިތުރު އެއާލައިންތައް ރާއްޖެ ގެނައުމާ ގުޅޭ މަޝްވަރާތައް ކަމާ ގުޅުންހުރި ފަރާތްތަކާ އެކު ކުރަމުން އަންނަ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި މެހުމާންދާރީގެ އެންމެ މަތީ މިންގަނޑުތައް ދަމަހައްޓާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި ކަމަށްވާ އިނާ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ލިޔުއްވާފައިވާ ގޮތުގައި، ވީއައިއޭއަށް މިއަދު އަންނަން ހަމަޖެހިފައި އޮތް 14 ފުލައިޓެއް ކެންސަލްވުން އެކަށީގެންވެ އެވެ. ފިރާގުގެ ޕޯސްޓުގައި ވަނީ، މިކަމުން ދައްކައިދެނީ މެދުއިރުމަތީގެ ހާލަތު ނާޒުކު ކަމާއި، ރާއްޖޭން ބޭރުގައި ހިނގާ އެކި ކަންކަމުގެ ސަބަބުން އެކި ގޮތްގޮތަށް އަސަރުކުރާ ކަން ކަމަށެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލު ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ނުވަ މިނިސްޓަރުން ހިމަނައިގެން ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައްވައިފަ އެވެ.

އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނަށް ހަމަލާދޭން ފަށާފައި ވަނީ އިއްޔެ އެވެ. އެ ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ދަނީ މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;