ޔޫތު ހަބްގައި ބޭއްވި އެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު އިބްރާހީމް ވަޙީދެވެ.
ރާއްޖޭގެ ގޭމަރުންނަށް ހުޅުވާލައިގެން، ލޭން ފޯމެޓަށް އޮންލައިންކޮށް ބޭއްވި އެ މުބާރާތުގައި އީއޭއެފްސީ، ޓެކެން، ޕަބްޖީ މޮބައިލް، އަދި އެމްއެލްބީބީ ކެޓެގެރީ ހިމެނެއެވެ.
އެ ކެޓެގެރީތަކުގެ ތެރެއިން އީއޭއެފްސީ ޗެމްޕިއަންކަން ހޯދީ އެމްޔޫޖީ ޔައިޝްއެވެ.
މި މުބާރާތުގައި އީއޭއެފްސީގައި 20 ބައިވެރިން، ޓެކެންގައި 16 ބައިވެރިން، ޕަބްޖީ މޯބައިލްގައި 38 ޓީމު އަދި އެމްއެލްބީބީގައިވެސް 38 ޓީމު ވާދަކުރި އެވެ.
މި މުބާރާތުގެ ހުރިހާ ކެޓަގަރީއެއްގައި ވެސް ފޯރިގަދަ ކުޅުމަކާއި، ވަރުގަދަ ޓީމުވޯކެއްގެ އިތުރުން އާދަޔާ ހިލާފު ހުނަރުވެރި ކުޅުންތެރިންގެ ހުނަރު ފެނިގެންދިޔަ އެވެ.
އުރީދޫގެ އީ-ސްޕޯޓްސް ފެސްޓިވަލް 2K26 ނިންމާލުން -- ފޮޓޯ/ އުރީދޫ
އުރީދުން ބުނެފައިވަނީ ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް 2K26 އިން ހާމަވީ ރާއްޖޭގައި ވާދަވެރި ގޭމިން ހަލުވިކަމާއެކު ކުރިއަރަމުންދާ މިންވަރުކަމަށެވެ. މިއީ ޒުވާނުންނަށް އެ ކުދިންގެ ހުނަރު ދައްކާލުމަށާއި، ޑިޖިޓަލް ހުނަރުތައް ތަރައްގީކުރުމުގެ އިތުރުން މުޖުތަމައުގެ ބައިވެރިވުން އޮތް ފޯރިގަދަ މާހައުލެއްގައި ވާދަކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއީ މި ފެސްޓިވަލް އުރީދޫ އިން ބޭއްވި ދެ ވަނަ އަހަރެވެ. އަދި މި އަހަރުވެސް މި ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލުމުން ދޭހަވަނީ ރާއްޖޭގައި އީ-ސްޕޯޓްސްއަށް އޮތް ޝައުގުވެރިކަން އިތުރުވަމުންދާ މިންވަރުކަމަށާއި، ކުރިމަގުގައި މިއަށްވުރެ ބޮޑެތި މުބާރާތްތަކަކަށް މަގުފަހިވާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;