ads
ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރައީސް ޑރ. މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
މާދަމާ ހެނދުނު ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު، މާދަމާ ހެނދުނު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖައްސަވައިފި އެވެ.
Advertisement

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާނީ ރައީސް އޮފީހުގައި މާދަމާ ހެނދުނު 10:00 ޖަހާއިރު ކަމަށެވެ.

ރައީސް މާދަމާ ނޫސްވެރިންނާ ބައްދަލުކުރަައްވާއިރު މި މަހުން ފެށިގެން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، ސުވާލުތަކަށް ޖަވާބު ދެއްވަން ރައީސް ވަނީ ނިންމަވައިފަ އެވެ. 

ރިޔާސީ ބަޔާން އިއްވަމުން ރައީސް އެ ދުވަހު ވިދާޅުވީ، މީޑިއާއާ އެމަނިކުފާނު ބާއްވަމުން އަންނަ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ގާތް ކުރުމަށްޓަކައި، މީޑިއާއަށް އެމަނިކުފާނު މައުލޫމާތު ދެއްވުމުގެ ގޮތުން، މި އަހަރުގެ މާރިޗް މަހުން ފެށިގެން އާންމު އުސޫލެއްގެ ގޮތުން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް އެމަނިކުފާނު ބައްދަލު ކުރައްވާނެ ކަަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;