ads
އަލަށް ހުޅުވި މިސްކިިތެއްގައި ސައުދީން ހަދިޔާކުރި ހަތިމުތައް ބަހައްޓާފައި
އަލަށް ހުޅުވި މިސްކިތްތަކަށް ސައުދީން ހަދިޔާކުރި ހަތިމުތައް ދީފި
ރާއްޖޭގެ އެކިކަންކޮޅުގައި އަލަށް ހުޅުވި މިސްކިތްތަކަށް ސައުދީން ރާއްޖެއަށް ހަދިޔާކުރި މުސްހަފުތައް ފޯރުކޮށްދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
Advertisement

މިިނިސްޓްރީން ބުނީ އަލަށް ހުޅުވު 14 މިސްކިތަކަށް މުސްހަފް ދީފައިވާކަމަށެވެ. 

މުސްހަފްތައް ދިން މިސްކިތްތައް

  1. މަސްޖިދު ޝަހީދު އުމަރު އަހްމަދު (ހއ. ދިއްދޫ އިސްލާމީ މަރުކަޒު)، 
  2. މަސްޖިދުއް ސިއްދީޤް (ޅ. ކުރެންދޫ)
  3. މަސްޖިދުއްތައުބާ (ނ. މަނަދޫ) 
  4. މަސްޖިދު ރައްޔާން (ސ. މަރަދޫ)
  5. މަސްޖިދުލް ނޫރު (ށ. ފޯކައިދޫ)
  6. މަސްޖިދުލް އިހްލާސް (ޅ. އޮޅުވެލިފުށި)
  7. ތުނޑީ ބަނދަރު މިސްކިތް (ލ. ގަން)
  8. މަސްޖިދު ޒުވައިދާ އަހްމަދު (ހއ. އިހަވަންދޫ)
  9. މަސްޖިދު އީމާން (ހުޅުމާލެ ފޭސް 2)
  10.  މަސްޖިދުލް ރަހްމާ (އދ. އޮމަދޫ)
  11. މަސްޖިދު މުހްއްމަދު ޤާސިމް (ނ. ކުޑަފަރި)
  12.  މަސްޖިިދު ޝަމީމާ އަބްދުﷲ (ނ. ކެނދިކުޅުދޫ)
  13. މަސްޖިދުލް ސަލާމް (ލ. ގަން)
  14.  މަސްޖިދު ޔޫސުފުލް ބަރުބަރީ (މާލެ ސިޓީ)

your imageސައުދީން ހަދިޔާ ކުރި މުސްހަފެއް ހިފައިގެން މިސްކިތުގައި ކިޔަވަން މަޑުކޮށްލައިގެން

އިސްލާމިކް މިނިސްޓްރީން ބުނީ މިދިޔަ އަހަރު ސައޫދީ އަރަބިއްޔާއިން ވަނީ ދެބުރެއްގެ މަތިން ދިވެހިރާއްޖެއަށް 50،500 މުސްހަފް ހަދިޔާކޮށްފައިވާކަަމަށެވެ. މި މުސްހަފްތައް ބެހުމަށް ހަމަޖެހިފައިވަނީ ކީރިތި ގުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި މިސްކިތްތަކަށާއި އިސްލާމީ މަރުކަޒުތަކަށެވެ.

އެގޮތުން އެކި ގުރުއާން ކުލާސްތަކަށް އެ މުސްހަފްތައް ހަދިޔާކުރަމުންކަމަށް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;