ads
ފޮޓޯ: ސަން އޮންލައިން
ރިސޯޓް މުވައްޒަފުން ބިކަ ކުރުމަށްފަހު ބުނީ ސަރުކާރުގެ ޕެކޭޖުން ފައިދާ ނެތްކަމަށް!
ކޮވިޑް19 އާއި ގުޅިގެން އެންމެ ބޮޑު ލޮޅުމެއް އަރާފައިވާ ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާއެވެ. ރާއްޖޭގެ ގިނަ އާއިލާތަކެއް އެސިނާއަތަކަށް ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ދާއިރާ އެއްކޮށް ވަނީ ހުއްޓިފައެވެ.
Advertisement

ކޮވިޑް19 އިން ވެއްޓިފައިވާ އިގްތިސާދު ކޮޅަށް ޖެހުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނައިރު އެންމެ ގިނަ ބަޔަކު ކަންބޮޑުވީ އަދި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ ރިސޯޓް އޯނަރުން އިސްވެ ހިންގާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އިއްޔެ ނެރުނު ބަޔާނާ ގުޅިގެންނެވެ. 

މަޓީން އިއްޔަ ނެރުނު ބަޔާނާ އެކު ގިނަ ބަޔެއްގެ ނުރުހުން މަޓީއަށް ވަނީ އަމާޒުވެފައެވެ. ހާއްސަކޮށް ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ނުރުހުމާއި ގިނަ ސުވާލުތަކެއް މަޓީއަށް ވަނީ އަމާޒުވެފައެވެ. 

މަޓީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ އެހީގެ ޕެކޭޖް ކަނޑައަޅާފައިވަނީ ޓޫރިޒަމް ދާއިރާ ތަމްސީލްކުރާ މަޓީއާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. މިވާހަކައާ ގުޅިގެން ގިނަ ބަޔަކު ބުނަމުން އަންނަނީ ރިސޯޓްތައް ހިންގާ ގިނަ ރިސޯޓް އޯނަރުން ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންތަކެއް ނޯޕޭ އަށް ގަދަކަމުން ފޮނުވާ ވަޒީފާއިން ވަކިކޮށް ހަދާފައި ވަނީ ސަރުކާރުގެ މަޝްވަރާއަކާ އެކުތޯ އެވެ. އެ ނިންމުން ރިސޯޓް އޯނަރުން އަމިއްލައަށް ސަރުކާރާއި މަޝްވަރާ ކުރުމެއް ނެތި ނިންމާލިއިރު އެއީ ވަކި ރަނގަޅަށް ނިންމި ނިންމުންތަކެއްތޯ ބައެއްފަރާތްތަކުން ސުވާލު އުފައްދައެވެ. 

މަޓީން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ  ޕެކޭޖް ދިނުމުގައި ކަނޑައަޅާފައިވާ ޝަރުތުތަކުގެ ސަބަބުން ދާއިރާގެ ގިނަ ބަޔަކަށް (ރިސޯޓް އޯނަރުން) އެ ޕެކޭޖްގެ އެހީ ލިބެން ނެތް ކަމަށެވެ. މަޓީގެ މިވާހަކައިން ސާފުވަނީ އެންމެ ކަމެކެވެ. އެއީ ގިނަ ރިސޯޓް އޯނަރުން އެމީހުންގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ނުވަތަ މުސާރަ ނުދީ ގަދަކަމުން ނޯޕޭއަށް ނުވަތަ ވަޒީފާއިން ވަކިކޮށްފައިވާ ކަމެވެ. ސަރުކާރުގެ ޕެކޭޖުން އެހީ ދޭން ކަނޑައަޅާފައިވަނީ އެބައެއްގެ މުވައްޒަފުންނާ މެދު ރަނގަޅަށް އަމަލުކުރަމުން އަންނަ ފަރާތްތަކަށެވެ. 

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި އެންމެ ފުރަތަމަ އެބައެއްގެ މުށް ބަންދުކޮށްލި ބަޔަކީ ބައެއް ރިސޯޓް އޯނަރުންކަމީ ފެންނާންއޮތް ހަގީގަތެވެ، މިހާތަނަށް އައިއިރު ކޮވިޑް19 އާ ގުޅިގެން ޖޮބްސެންޓަށް 2000 އަށްވުރެ ގިނަ ފަރާތްތަކުން ރިޕޯޓްކޮށްފައިވާއިރު މީގެ ތެރޭގައި ގިނައީ މުސާރަ އުނިކުރި، ނުވަތަ ގަދަކަމުން ނޯޕޭއަށް ފޮނުވި ނުވަތަ ވަޒީފާއިން ވަކިކުރި ރިސޯޓް މުވައްޒަފުންނެވެ. 

އެގާރަ ހާހަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާ ކުރާ ފަތުވެރިކަމުގެ ދާއިރާގެ މަހުޖަނުންގެ އަމަލުތައް ހުރީ ގައުމަށް މިދިމާވި ހާދިސާއަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ބަދަލުގައި ދަހިވެތިކަން އިސްކޮށްފައެވެ. އިގުތިސާދަށް ދިމާވި މައްސަލަގަނޑު ފެށުމާއެކު އެ މައްސަލަ އުފަަންވި މަހު ވެސް މުވައްޒަފުންނާ މެދު ކަންކަން ކުރިގޮތް ނިކަން ބަލާށެވެ. ފުރަތަމަ މަހުގެ މުސާރަ ނުދެވޭނޭކަމަށް ބުނި އިރު މާޒީގައި ރިސޯޓް ހިންގައިގެން އެންމެ ފައިސާ ފޮއްޗެއް ވެސް ރައްކާ ކުރެވިފައިނުވާކަމަށް ދައްކަން ކުރި މަސައްކަތް އަދި މާ ހުތުވެފައި، މާ ބޮޑަށް ގޯހެވެ.

ފާޑު ކިޔުމުގެ ގޮތުން ގިނަބަޔަކު ބުނާގޮތުން ކޮވިޑް19 އާއި އެކު އެންމެ ފުރަތަމަ ފަގީރުވެފައިވަނީ ވޭތުވެދިޔަ 35 އަހަރު މިރާއްޖޭގައި ރިސޯޓް ހިންގަމުން އައި ރިސޯޓް އޯނަރުންކަމަށެވެ. ހާއްސަކޮށް ދިވެހި އޯނަރުންނެވެ. .

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް