މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ހައްލުކުރެއްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުއްވުމުގެ މަގުސަދުގައި ރައީސް މުއިއްޒު ވަނީ ވަޒީރުންގެ ކޮމެޓީއެއް އެކުލަވާލާފައެވެ.
އެކޮމެޓީން މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވީ މި ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ސަރުކާރުން ނުދޭނެ ކަމަށެވެ. އެގޮތުން ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުނުކަން ފާހަގަކުރައްވާ މިނިސްޓަރު ހަލީލް ވިދާޅުވީ އެ އެދުމަށް އިންކާރުކޮށްފައިވާކަމަށެވެ.
މިނިސްޓަރު ހަލީލް ވިދާޅުވީ މި ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރާނެ އަސަރުތައް ކުޑަކޮށް، އެއްވެސް ދަތިކަމެއް ނެތި ކާބޯތަކެތި ލިބޭނެކަން ކަށަވަރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމަށެވެ، އެގޮތުން ގާތް ގުޅުން އޮންނަ ގައުމަތަކާއި މަޝްވަރާކުރަމުން އަންނަކަމަށްވެސް މިނިސްޓަރު ހަލީލް ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;