ads
ފޮޓޯ: އެމްބަސީ އޮފް ދަ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ
އެމެރިކާއިން 150،000 ޑޮލަރުގެ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފި
ކޮވިޑް-19 އާއި ދެކޮޅަށް ކުރީ ސަފުގެ ހިދުމަތްތެރިންނަށް އެހީތެރިވުމުގެ ގޮތުން އެމެރިކާއިން ރާއްޖެއަށް 150،000 ޑޮލަރަށް އަގުކުރެވޭ ސިއްހީ ސާމާނު ހަދިޔާކޮށްފިއެވެ.

އެންބަސީ އޮފް ދަ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިއްޔެ ލަންކާއާއި ރާއްޖޭގެ އެމެރިކާ އެމްބަސީގެ ޑެޕިއުޓީ ޗީފް އޮފް މިޝަން މާޓިން ކެލީ ވަނީ ރާއްޖެއާއި ލަންކާގެ ހައިކޮމިޝަނަރު އުމަރު ރައްޒާއަށް ބައްދަލުކުރައްވާފައިވާ ކަމެވެ. އަދި އެ ބައްދަލުވުމުގައި ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ޕީޕީއީ ހަދިޔާ ކުރައްވާފައިވާ ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްގެ މާލީ އެހީތެރިކަމުގެ ދަށުން ހަދިޔާކުރެވުނު މި ޕީޕީއީތަކަކީ ރާއްޖެއަށް މިހާތަނަށް ދެވުނު ތިންވަނަ ޕީޕީއީގެ އެހީއެވެ. އަދި މިއެހީއަކީ ފާއިތުވި މަހު ރާއްޖެއަށް ދެވުނު ދެވަނަ ތަކެތީގެ އެހީއެވެ.

މިކަމާއި ގުޅިގެން ޑީ.ސީ.އެމް ކެލީ ވިދާޅުވީ "ކޮވިޑް-19 ގެ ބަލިމަޑުކަމުން ތަހައްމަލުކުރަމުންދާ މީހުންނަށް ފަރުވާކޮށް އަޅާލަމުންދާ ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންނަށް ރައްކާތެރިކަން ފޯރުކޮއްދިނުމަކީ އެމެރިކާއަށް ލިބޭ ފަހުރެއް" ކަމެވެ. އަދި "މިތަކެތީގެ ސަބަބުން ވައިރަސް އިތުރަށް ފެތުރުނަނުދީ އިސްސަފުގެ ހިދުމަތްތެރިންނަށް ރައްކާތެރިކަން ފޯރުކޮއްދެވޭ" ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

ނޫސް ބަޔާނުގައި އިތުރަށް ބުނީ ތަކެތީގެ އެހީގެ އިތުރުން، އެމެރިކާއިން ކޮވިޑް-19 އާއި ގުޅުން ހުރި ބޭނުންތަކަށް ހާއްސަކޮށް ދެ މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ ކަމެވެ.

މި އެހީގެ ދަށުން ކޮވިޑް އާއި ގުޅުންހުރި ކަންކަމުގައި އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި އެ ބަލިން އަރައިގަތުމަށް އެކަށީގެންވާ ސިޔާސަތުތައް ފަރުމާކުރުމަށް ބާރުއެޅުމަށް މަދަނީ ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފުޅާކުރުމަށް އެހީތެރިވެވޭނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި ކޮވިޑް އިން އަރައިގަތުމަށް އެޅޭނެ އެކަށީގެންވާ އިގްތިސާދީ ފިޔަވަޅުތައް ކަނޑައެޅުމަށް ދިވެހި ސަރުކާރަށް އެހީތެރިވެވޭނެ ކަމަށްވެސް ހާމަކޮށްފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ބޭރުގެ މާލީ އިދާރާތަކުންނާއި އެކި ގައުމުތަކުން ރާއްޖެއަށް ދަނީ އެހީތެރކިން ފޯރުކޮށްދެމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް