ads
ރައްޔިތުންގެ އަޑު ޕްރޮގްރާގްގެ ތެރެއިން
ނުފޫޒެއްނެތި އެންމެނަށް ބޯހިޔާވަހިކަން ދޭން މަސައްކަތް ކުރާނަން: ރައީސް މުއިއްޒު
ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެއްވެސް މީހެއްގެ ނުފޫޒެއްނެތި، ވީހާވެސް ގިނަ ބަޔަކަށް އެ ފުރުސަތު ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ، ރައްޔިތުންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް ކުރިއަށްގެންދަވާ 'ރައްޔިތުންގެ އަޑު' ޕްރޮގްރާމްގައި އާންމު ފަރާތަކުން ބޯހިޔާވަހިކަމުގެ ދަތިކަމާ ގުޅޭގޮތުން ހިއްސާކުރި ޝަކުވާއަކަށް ޖަވާބުދެއްވަމުންނެވެ. އެ ބައްދަލުވުމުގައި ވާހަކަދެއްކި އަންހެނަކު ވަނީ އޭނާގެ ފިރިމީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ފާހަގަކޮށް، އާއިލާއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ރައީސާ ހިއްސާކޮށްފައެވެ.

މިކަމާ ގުޅިގެން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ދަތިކަން ފަދަ ޒަރޫރީ ކަންކަން ސިޔާސީ ކަންކަމާ ނުގުޅުވާނެ ކަމަށެވެ. އަދި އެއްވެސް ސިޔާސީ ވިސްނުމަކަށް ބެލުމެއްނެތި ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު އެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، މުޖުތަމައުގައި އެންމެ ނިކަމެތިކޮށް އުޅޭ ފަރާތްތަކަށް އިސްކަންދީގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އުސޫލުގެ ދަށުން އަމަލުކުރައްވަމުން ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕާޓީއަށް ވަނުން، ނުވަނުން އެފަދަ އެހެންކަމެއްވެސް، އެގޮތަށް ނުވިސްނަވާތި. މިހާރުވެސް ކަނޑައެޅިފައިވާ އުޞޫލުތައް ހުންނާނެ. އެންމެ ނިކަމެތިކޮށް އުޅޭ މީހުންނަށް، އެންމެ ރަނގަޅު ގޮތެއްގައި ބޯހިޔާވަހިކަން ހޯދައިދޭނެ ގޮތްތައް ކަނޑައެޅިފައި އެބަހުރި،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ތެރެއިން އެހެން ބައެއް ރައްޔިތުންވެސް ވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފައެވެ. މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ މުދައްރިސަކު ވަނީ އެފަދަ ޓީޗަރުންނަށް ލިބެންޖެހޭ ރިސްކު އެލަވަންސް ނުލިބޭ ކަމުގެ ޝަކުވާ ހުށަހަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް