ads
ޔުނައިޓެޑުގެ ސަޕޯޓަރުން
ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ލަދުވެތި ދުވަހެއް
ޕްރިމިއަ ލީގުގައި ރަށުން ބޭރުގައި ބޮޑު ތަފާތަކުން ކްރިސްޓަލް ޕެލަސް އަތުން ޔުނައިޓެޑު ބަލިވެއްޖެއެވެ.

ރޭ ޔުނައިޓެޑު، ކްރިސްޓަލް ޕެލަސް އަތުން ބަލިވީ ހަތަރު ލަނޑު ސުން ލަނޑުގެ ބޮޑު ތަފާތަކުންނެވެ. މެޗުގައި ކޮންމެ ހާފެއްގައި ޕެލަސްއިން ރޭގެ މެޗުގައި ދެ ލަނޑު ޖެހިއެވެ.

ލީގުގައި ރޭ ގެއްލުނު މުހިއްމު ޕޮއިންޓްތަކާއެކު އަންނަ ސީޒަންގައި ޔޫރަޕުގެ އެއްވެސް މުބާރާތެއްގެ ފުރުސަތު ލިބިދާނެތޯ މިހާރު ޔުނައިޓެޑަށް އޮތީ ސުވާލު އުފެދިފައެވެ. އެއީ ޗެމްޕިއަންސް ލީގު ނުވަތަ ޔޫރޮޕާ ލީގެވެ.

ޔުނައިޓެޑު އޮތީ 35 މެޗުން 54 ޕޮއިންޓާއެކު ޓޭބަލްގެ އަށްވަނަ މަގާމުގައެވެ. ޔުނައިޓެޑުން ދެން ކުޅޭ މެޗުގައި ނުކުންނާނީ ލީގުގެ އެއްމެ ކުރީގައި އޮތް އާސެނަލްއާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް