ads
ފޮޓޯ: ހުޅުމާލެ
އިމާރާތް ކުރާ ތަންތަނުގައި މަދިރި އާލާނުވާނެހެން ސާފުކުރަން އަންގައިފި
މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ގިނަވާތީ, އިމާރާތްކުރާ ސައިޓުތައް މަދިރި އާލާނުވާނެހެން ސާފުކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާއިން އަންގައިފި އެވެ.
Advertisement

އެ މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި މޫސުމަކީ ރާއްޖޭގައި އަބަދު ވެސް މަދީރީގެ ސަބަބުން ފެތުރޭ ބަލިތައް ގިނަވާ ދުވަސްވަރެއް ކަމަށާއި، އިމާރާތް ކުރާ ސައިޓްތަކަކީ މަދިރި އާލާވާ ފަދައިން ފެން ހަރުލާފައި ހުންނަ ތަންތަން ސާފުކޮށް އަދި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަކީ މަދިރިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެހެންކަމުން، އިމާރާތް ކުރާ ސައިޓްތަކުގައި މަދިރި އާލާވާނެހެން ހުންނަ ތަންތަން ސާފުކޮށް އަދި މަދިރި އާލާވާގޮތަށް ހުންނަ ތަންތަން ނަައްތާލުމަށް އަހަންމިއްޔަތުކަން ދިނުމަށް އެވުޒާރާއިން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.


"މި ވަގުތު އިމާރާތްކުރުމުގެ މަސައްކަތް މަޑުޖެހިފައިވާ ސައިޓުތަކުގައިވާ ތަކެތި ވައިގަދަވުމުގެ ސަބަބުން ވިއްސައިގެން ގޮސްދާނެ ފަދަ ހާލަތެއްގައި ހުރިނަމަ، އެ ތަކެތި ރައްކާތެރިގޮތުގައި ބަލަހައްޓާ، އަޅަންޖެހޭ އެންމެހާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ވެސް ދަންނަވަމެވެ،" އެއް އިއުލާނުގައިވެ އެވެ.


އަލަށް އިމާރާތް ކުރާ ތަންތަނުގައި ވިއްސާރަވެއްޖެނަމަ، ފެން ހެދޭނެ ބައެއް އާލާތްތައް ހުރެއެވެ. އަދި ބައެއް ފަހަރު އެތަންތަން ހަދާފައި ހުންނަ ގޮތުން ވެސް ފެންގަނޑުތައް ހެދެ އެވެ.

އިމާރާތްކުރާ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރަން ސަރުކާރުން އެދުނުއިރު، މިދިޔަ ހުކުރު ދުވަހުގެ ހަވީރު މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި ވަނީ އެޕޯލޯ ޓަވަރުތަކުގެ ވަށައިގެން ޖަހާފައިވާ ދަގަނޑު ފެންސުތައް ވިއްސައިގެން ގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް