ads
ފިނޭންސް މިނިސްޓްރީ: ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާއަށް ވަނީ އަރާފައި - ފޮޓޯ:އަވަސް
ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ދަރަނި 126 ބިލިއަން ރުފިޔާއަށް
އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
Advertisement

ފިނޭންސް މިނިސްޓްރީން އާންމުކުރި "ކުއާޓާލީ ބުލެޓިން" ގައިވާ ގޮތުން ދައުލަތުގެ ދަރަންޏަށް އަހަރުގެ ފުރަތަމަ ތިން މަހު 1.4 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު ނިމުނުއިރު ދަރަނި ހުރީ 124.8 ބިލިއަން ރުފިޔާގަ އެވެ.

ފުރަތަމަ ތިން މަހު އެތެރޭގެ ދަރަނި 74 ބިލިއަން ރުފިޔާއަށް އިތުރުވިއިރު، އަހަރު ފެށުނުއިރު އެ އަދަދު ހުރީ 72.8 ބިލިއަން ރުފިޔާގަ އެވެ. އެތެރޭގެ މާކެޓުން ނެގި ދަރަނި އިތުރުވި ކަމުގައި ވީނަމަވެސް، ބޭރުގެ ދަރަންޏަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ. ބޭރުގެ ދަރަނި ހުރީ 38 ބިލިއަން ރުފިޔާގަ އެވެ.

ދައުލަތުން ސީދާ ނެގި ލޯނު 112 ބިލިއަން ރުފިޔާގައި ހުރިއިރު، ދައުލަތުން ގެރެންޓީ ދީފައިވާ ލޯނުގެ އަދަދު ހުރީ 14 ބިލިއަން ރުފިޔާގަ އެވެ. އެ މުއްދަތުގައި ދައުލަތުން ގެރެންޓީ ދިން އަދަދު ގާތްގަނޑަކަށް 170 މިލިއަން ރުފިޔާއަށް ވަނީ ދަށްވެފަ އެވެ.

މި އަހަރު ފެށުނުއިރު ހުރި އަދަދަށް ވުރެ ދައުލަތުގެ ދަރަނި އިތުރުވިއިރު، ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރި މިންވަރު ވަނީ 6.4 އިންސައްތަ ދަށްވެފަ އެވެ. މިދިޔަ އަހަރު ނިމުނުއިރު، ދައުލަތުގެ ދަރަނި 116 އިންސައްތައިގައި ހުރި އިރު، މިވަގުތު ދައުލަތުގެ ދަރަނި ހުރީ 110 އިންސައްތައިގަ އެވެ.

ދައުލަތުގެ ޖުމްލަ ދަރަނި މި އަހަރު ނިމޭއިރު 131 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 114 އިންސައްތަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް