ads
ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން ކުރީގެ މުބާރާތެއްގައި
ފުޓްސަލް ރޭންކިންގައި ސަރަހައްދުން އެއްވަނަ ރާއްޖެއަށް
ފީފާ އިން ފުރަތަމަ ފަހަރަށް ނެރުނު ފުޓްސަލް ރޭންކިންގައި ދެކުނު އޭޝިއާ ސަރަހައްދުން އެއްވަނަ މަގާމު ރާއްޖެއަށް ލިބިއްޖެއެވެ.

ފީފާއިން ފުރަތަމަ ފަހަރަށް ނެރުނު ފުޓްސަލް ރޭންކިންގައި ސާފު ސަރަހައްދުން ރާއްޖެއަށް އެއްވަނަ ލިބިފައިވާއިރު، ދުނިޔޭގެ ރޭންކިންގައި އެއީ 110 ވަނައެވެ. 

ﷲދެކުނު އޭޝިއާ ސަރަހައްދުން ރޭންކިންގައި ހިމަނާފައިވަނީ ރާއްޖެ ހިމެނޭހެން ތިން ގައުމެވެ. އެއީ ރާއްޖެއާ ނޭޕާލް އަދި އިންޑިޔާއެވެ.

ފީފާ ރަސްމީ ވެބްސައިޓުގައިވަނީ މުޅިން އަލަށް ފުޓްސަލް އިން ގައުމުތަށް ރޭންކްކޮށްފައިވާއިރު، ޖުމްލަ އެކު، 139 ގައުމެއް ވަނީ ރޭންކްކޮށްފަ އެވެ. މި ރޭންކިންގައި ރާއްޖޭ 110 ގައި އޮތް އިރު ނޭޕާލް އޮތީ 121 ވަނައިގައެވެ. އަދި އިންޑިޔާ އޮތީ 135 ވަނައިގައެވެ.

ފުޓްސަލް ރޭންކިންގައި ދުނިޔޭގެ އެއްވަނައިގައި އޮތީ ބްރެޒިލްއެވެ. ދެވަނައިގަ ޕޯޗުގަލް އަދި ތިންވަނައިގަ އޮތީ ސްޕެއިންއެވެ. އޭޝިއާގެވެސް ގަދަ ބާރެއް ކަމަށްބެލެވޭ އީރާން އޮތީ ދުނިޔޭގެ ހަތަރުވަނައިގައެވެ. އަދި ފަސްވަނައިގަ އޮތީ އާޖެންޓީނާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް