ސަރުކާރު 12 ކުންފުންޏެއްގެ ބޯޑަށް އާ ޑިރެކްޓަރުން އައްޔަނުކޮށްފި
މުހައްމަދު އަތީފް
19 މޭ 2024 - 18:11:54
ސަރުކާރު ހިއްސާވާ 12 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބަދަލުތަކެއް ގެނެސްފި އެވެ.
ޕީސީބީން މިއަދު އިއުލާނުކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހަށް ކުންފުނިތަކުގެ ބޯޑަށް ގެނެސްފައިވާ ބަދަލުތަކެވެ.
ޑިރެކްޓަރުންގެ ބޯޑަށް ގެނައި ބަދަލުތައް:
- ބީއެމްއެލްގެ ބޯޑު މެންބަރަކަށް އަލީ ފާރިސް، ގ. ސިނަމާލެ 35-04 3
- އެސްޑީއެފްސީގެ ބޯޑު މެންބަރަކަށް މުހައްމަދު މާއިޒް މުނާޒު، ގ. އަޒާރޯ
- އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކަށް މުހައްމަދު ވަހީދު ހުސައިން، ފްރެސްކޯ/ސ. ހިތަދޫ
- އެފްޑީސީގެ ބޯޑު މެންބަރަކަށް މުހައްމަދު ސައީދު، މ. ސްނޯ ފްލޭކްސް
- މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބޯޑު މެންބަރަކަށް އަހްމަދު ސިރާޖު، ވ. ސިނަމާލެ 04-4-2
- ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ބޯޑު މެންބަރަކަށް އައިޝަތު ވަފާ މުހައްމަދު، އަބުރަހީގެ/ޅ. ހިންނަވަރު
- ބީސީސީގެ ބޯޑު މެންބަރަކަށް އަލީ މައުސޫމް، ވީނަސްވިލާ/އދ. މާމިގިލި
- މޯލްޑިވްސް އެއާ ޓްރެފިކް ސާވިސަސްގެ ބޯޑު މެންބަރަކަށް ހަސަން މިރާސް، މއ. މާފުނަ
- ސްޓެލްކޯގެ ބޯޑު މެންބަރަކަށް ޔޫސުފް ވަހީދު، ބޮޑުގެ/ހއ. ވަށަފަރު
- ހައްޖު ކޯޕަރޭޝަނުގެ ޗެއާމަންގެ މަގާމަށް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު، ދަފްތަރު ނަންބަރު ރސ -316 94
މިފްކޯގެ ބޯޑު މެންބަރުގެ މަގާމަށް އައްޔަންކުރި ދެ ބޭފުޅުންނަކީ:
- ޝަޒުނާ މުހައްމަދު، ދަނބުފަށުވިގެ/ފ. ދަރަނބޫދޫ
- ޒުލައިހާ ޔޫމީ ރަޝީދު، ހ. ޅަރީތިގެ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް