ޝާމިން ރައްޔިތުން މަޖިލީހުގެ ކުރެންދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައެވެ. އޭނާ ވަނީ މިއަދު ވެރިކަންކުރާ މައި ޕާޓީ ޕީއެންސީއާ ގުޅިވަޑައިގެން މެމްބަރުކަމުގެ ފޯމު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވާފައެވެ.
ޝާމިން ޕީއެންސީއަށް ސޮއިކުރުމުން 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މިނިވަން ގޮތުގައި ވާދަކޮށްް އިންތިހާބު ކާމިޔާބުކުރި 8 މެމްބަރަކު މިވަނީ އެޕާޓިއަށް ސޮއިކޮށްފައެވެ. އެއާއެކު ޕީއެންސީ މަޖިލީހުގެ މެމްބަރުންގެ އަދަދު 74 އެރީއެވެ.
މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް ވަނީ 66 ގޮނޑި ލިބިފައެވެ. އޭގެއިތުރުން އަމިއްލަ ގޮތުން ވާދަކޮށް ޕީއެންސީއާ ގުޅުނު 8 މެމްބަރުންނާއި ގާސިމް އިބްރާހިމާއި ކާނަލް މުހައްމަދު ނަޒީމާއި އަހްމަދު ސިޔާމްގެ އިތިރުން އެމްޑީއޭގެ ޓިކެޓުގައި ވެލިދޫ ދައިރާއަށް އިންތިހާބުވީ މުހައްމަދު އައްބާސް އަކީ ސަރުކާރަށް ތާއީދުކުރާ މެމްބަރުންނެވެ.
އެ ހުރިހާ މެމްބަރުންނާއި އެކު އަންނަ މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ އަދަދު 78 އެރީއެވެ.
20 ވަނަ ރައްޔިތުން މަޖލީހުގެ ހުވާކުރުން އޮންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުއެވެ.