ބޭނުންވާ ތަކެތި:
1 ޖޯޑް ކަރާ (ކިޔުބުކޮށް ކޮށާފަ)
½ ޖޯޑް ސާގް (ފެނުކައްކާފަ)
2 ޖޯޑް މިލްކު(ފުލްކުރީމް)
1 ސައިސަމުސާ ކޮކޮނަޓް ޖެލީ
1 ސައިސަމުސާ ޗިއާ ސީޑް
2 ސައިސަމުސާ ރޯސް ސިރަޕް
1 ޖޯޑް ގެރިކިރު
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ތަށްޓަކަށް ކޮށާފަ ހުރި ކަރާކޮޅާ، ކައްކާފަހުރި ސާގް، ކޮކޮނަޓް ޖެލީ އަދި ޗިއާ ސީޑް ކޮޅު އެއްކޮށްލާށެވެ. އެއަށްފަހު ގެރިކިރު، ފުލްކުރީމް އަދި އައިސް ކިޔުބް އެއްކޮށްލާ ރަނގަޅަށް ހުރިހާ އެއްޗެއް މިކުސް ކޮށްލާށެވެ.
އެއަށްފަހު ފިނިކޮށްލަށް ½ ގަނޑި އިރު ވަރު ފުރިޖަށްލާ ފިނިކޮށްލާށެވެ. މިހާރު މިހިރީ ކަރާ ސާގް ސަރުބަތު ހަދާ ނިމިފަ އެވެ. މީ ރޯދަ ވީއްލާ ގަޑި އަދި ތަރާވީސް ގަނޑީގަވެސް ބޯން ވަރަށް މީރު ބުއިމެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;