ads
ދިވެހި ހައްޖުވެރިން މިނާ ޓެންޓަށްް ވަންނަނީ
ދިވެހި ހުރިހާ ހާޖީން ތިބީ މިނާގައި، އެންމެންގެވެސް ހާލު ރަނގަޅު
ރާއްޖެއިން މިއަހަރު ހައްޖަށްދިޔަ ދިވެހި ހުރިހާ ހާޖީންގެ ހާލު ރަނގުޅުކަމަށާއި ހުރިހާ ހައްޖުވެރިންވެސް މިހާރު ތިބީ މިނާ ޓެންޓުތަކުގައިކަމަށް ދިވެހި ހައްޖު މިޝަނުން ބުނެފިއެވެ.
Advertisement

މިއަހަރުވެސް ރާއްޖެއިން 1000 މީހުން ވަނީ ހައްޖަށް ގޮސްފައެވެ. 

ދިވެހި ހައްޖުވެރިން މިނާއަށް ދަތުރު ފެށީ ރޭގެ ވަގުތެއްގައެވެ. ހައްޖު މިޝަނުން ބުނީ މިހާރު ދިވެހި ހުރިހާ ހާޖީން މިނާގެ ޓެންޓަށް ގޮސްފައިވާކަމަށެވެ. އަދި ޖުމްލަކޮށް ހުރިހާ ހާޖީންގެވެސް ހާލު ރަނގަޅުކަމަށް ދިވެހި ހައްޖު މިޝަނުން ބުނެއެވެ. 

your imageދިވެހި ހައްޖުވެރިން މިނާ ޓެންޓަށްް ވަންނަނީ

މިއަދު ހާޖީން މިނާގައި ތިބުމަށްފަހު މިރޭ އަރަފާތަށް ދަތުރު ފަށާނެއެވެ. އަދި މާދަމާ މެންދުރު ފަހުން ފެށިގެން އިރުއޮއްސެން ދެން ހުރިހާ ހައްޖުވެރިން އަރާފާތުގައި މަޑުކުރާނެއެވެ. އަރާފާތުގައި މަޑުކުރުމަކީ ހައްޖުގެ ރުކުނަކަށްވާއިރު މާދަމާ އިރުއޮއްސުމުގެ ކުރިން އަރާފަތަށް ނުދެވޭ މީހަކަށް ހައްޖެއް ނުލިބޭނެއެވެ. 

މާދަމާ ހައްޖުވެރިން އަރަފާތުގައި މަޑުކުރުމަށްފަހު އިރުއޮއްސުމުން އަރާފާތުންް ނުކުމެ މުޒްދަލިފާއަށް ވަދެ މުޒްދަލީފާގައި ރޭކުރާނެއެވެ. އަދި އަލުން އަނބުރާ މިނާއަށް ހައްޖުވެރިން ވަންނާނީ އީދުދުވަހުގެ ފަތިސް ނަމާދަށްފަހުއެވެ. އޭގެ ފަހުން މިނާގައި އާއްމުކޮށް ތިން ރޭ ހައްޖުވެރިން މަޑުކުރުމަށްފަހު މައްކާއަށް އެނބުރި ދާނީ ހައްޖުގެ މަހުގެ 12 އަދި 13 މި ދެ ދުވަހުއެވެ. 

މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ. ހައްޖުގެ އަޅުކަމަށްފަހު ދިވެހި ހައްޖުވެރިން މާލެ އަންނަން ފަށާނީ އަންނަމަހުގެ ފަސް ވަނަދުވަހުއެވެ. 

ދިވެހި ހައްޖުވެރިން އައުމަށް ހަމަޖެހިފައިވާ ދުވަސްތައް

  • ފުރަތަމަ ގްރޫޕް - ޖޫން 5 ގައި / ދަތުރުކުރާނީ ސައުދީ އެއާގައި
  • ދެވަނަ ގްރޫޕް-  ޖޫން 7 ގައި / ދަތުރުކުރާނީ މޯލްޑިވިއަންގައި 
  • ތިންވަނަ ގްރޫޕް - ޖޫން 8 ގައި / ދަތުރުކުރާނީ ސައުދީ އެއާގައި
  • ހަތަރުވަނަ ގްރޫޕް - ޖޫން 9 ގައި / ދަތުރުކުރާނީ މޯލްޑިވިއަންގައި 

މިއަހަރުވެސް ދިވެހި ހައްޖުވެރިން މައްކާގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ 21 ދުވަހެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;