އާއިލާގެ މީހުންނާއި ގާތް ރަހުމަތްތެރިންނަށް އެކަނި ދައުވަތު ދީގެން ބޭއްވި މި ކައިވެނީގެ ހަފުލާ ކުރިއަށްދިޔައީ ވަރަށް އާދައިގެ ގޮތަކަށް ނަމަވެސް، މިއީ ވަރަށް އުފާވެރި އަދި ކުލަގަދަ ހަފުލާއެކެވެ.
މި ކައިވެނީގެ ހަފުލާގައި ބޮލީވުޑްގެ ބައެއް މަޝްހޫރު ތަރިންނާއި ކުޅިވަރުގެ ދާއިރާގެ ފުންނާބު އުސް ތަރިން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ފަރްހާން އަޚްތަރު، މަލައިކާ އަރޯރާ އަދި ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޔުވްރާޖް ސިންގް ފާހަގަކޮށްލެވެއެވެ. ގޭގައި ބޭއްވި މި ހަފުލާއިން ފެނިގެންދިޔަ ތަރިންގެ ވިދުމާއެކު، ސޯޝަލް މީޑިއާގައި މިހާރު ދަނީ މި ކައިވެނީގެ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބެމުންނެވެ.
ކްރިތިކާ އާއި ގޯރަވްގެ ކައިވެނީގެ ހަބަރާއެކު، ފިލްމީ ދާއިރާގެ ގިނަ ފަންނާނުންނާއި ސަޕޯޓަރުން އަންނަނީ އެ ދެމަފިރިންނަށް ތަހުނިޔާ އާއި ހެޔޮދުއާ ފޮނުވަމުންނެވެ. މި ކައިވެނީގެ ސަބަބުން ބޮލީވުޑްގެ ކައިވެނިތަކުގެ ލިސްޓަށް އިތުރު ފުރިހަމަކަމެއް ލިބިފައިވާއިރު، ގިނަ ބަޔަކު ބުނަމުންދަނީ މިއީ ވަރަށް ގުޅޭ އަދި އުފާވެރި ޖޯޑެއް ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;