ads
މުއިއްޒު މޭޔަރުކަމުން ވަކިވުމުން މާލެ އަނދިރިވެގެން ދިޔަ: ޝުޖާއު
މާލޭގެ މޭޔަރުކަމުން މީހާތުގެ ރަޢީސް ޑޜ. މުހައްމަދު މުއިއްޒު ވަކިވުމުން މާލެ އަނދިރިވެގެން ގޮސްފައިވާކަމަށް ބާރަށޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
Advertisement

ޝުޖާއު މިހެން ވިދާޅުވީ ލޯކަލް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓްގެ ޖަގަހަ ހުޅުވުމަށް ބޭއްވވި ޖަލްސާގައި ވާހަކަ ދައްކަމުންނެވެ. 

ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު އަދި އެ ކައުންސިލުގައި ރައީސް މުއިއްޒާއި ވަރަށް އަރިސްކޮށް އުޅުއްވި ޝުޖާއު ވިދަޅުވީ މުއިއްޒުގެ މޭޔަރުކަމުގައި މާލޭގެ ތަރައްގީއަށް ވަރަށް ގިނަ މަސައްކަތް ކޮށްދެވިކަމަށެވެ. އެގޮތުން ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް ހަދާ އެއާި އެކު މަސައްކަތްތައް ކުރިޔަށް ގެންދެވިކަމަށެވެ. އެހެންނަމަވެސް މޭޔަރުކަމުން މުއިއްޒު ވަކިވެ އެމްޑީޕީގެ މޭޔަރު އާދަމް އާޒިމާ އެ މަގާމަށް އިންތިހާބުވުމުން އެ ހުރިހާ މަސައްކަތެއް ހުއްޓި މާލެ އަނދިރިކަމުގެ ތެރެއަށް ގޮސްފައިވާކަަމަށެވެ. 

"ރައީސް މުއިއްޒު ނިންމެވި ހިސާބުން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ މާލެ ސިޓީ ކައުންސިލް އަނދިރި ވެގެން ދިޔަ މަންޒަރު،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ މާލޭ ސިޓީގެ މޭޔަރުކަމަށް މޫސާ އަލީ ޖަލީލް އިންތިހާބުވެސް މަސައްކަތްތައް ފަށަން ޖެހޭނީ ރައީސް މުއިއްޒު ނިންމެވި ހިސާބުން ކަމަަށެވެ. އަދި ޖަލީލްގެ މެނިފެސްޓޯއަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;