ads
އުރީދޫގެ މުވައްޒަފުން އައިޖީއެމްއެޗުގައި ރޯދަ ވީއްލުން ހަދިޔާކުރަނީ. - ފޮޓޯ/އުރީދޫ
އުރީދޫން އައިޖީއެމްއެޗުގެ ބަލިމީހުންނަށް ރޯދަވީއްލުން ހަދިޔާކޮށްފި
ބަރަކާތްތެރި ރަމަޟާން މަހާ ގުޅިގެން މުޖުތަމަޢަށް އޯގާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ މޯލްޑިވްސްއިން, އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ތިބި ބަލިމީހުންނާއި، އެހީތެރިންގެ އިތުރުން އެ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ރޯދަ ވީއްލުން ހަދިޔާކޮށްފި އެވެ.
Advertisement

މި ހަރަކާތުގެ މަގްސަދަކީ ރޯދަ ވީއްލާ ވަގުތު އެ ފަރާތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނުމެވެ. އަދި މިއީ ރޯދަމަހުގެ އަގުހުރި ސިފަތައް ކަމުގައިވާ އޯގާތެރިކަމާއި އެކުވެރިކަން ދައްކުވައިދޭ ހަރަކާތެކެވެ. 

މިއީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ފަރާތްތަކަށާއި އެ މީހުންގެ އާއިލާތަކަށް ހިތްހަމަޖެހުން ގެނެސްދިނުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގައި އުރީދޫގެ މުވައްޒަފުން ވަނީ އަމަލީގޮތުން ބައިވެރިވެ، ހޮސްޕިޓަލުގައި ތިބި ފަރާތްތަކާ ބައްދަލުކޮށް ރޯދަ ވީއްލުމުގެ ޕެކޭޖުތައް ހަވާލުކޮށްފަ އެވެ.

އުރީދޫން ބުނީ އެ ކުންފުނި ދެމިއޮންނާނީ ހަމައެކަނި ޓެކްނޮލޮޖީ އާއި ހިދުމަތްތަކުގެ އިތުރުން، މުޖުތަމައަށް ފައިދާހުރި ހަރަކާތްތައް މެދުވެރިކޮށް ރައްޔިތުންގެ ދިރިއުޅުން ކުރިއެރުވުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;