މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ލުބޯމާގެ / މާލެ، އަހްމަދު ޙަމްދާން (26އ) އެވެ.
މީނާ ހައްޔަރުކޮށްފައިވަނީ މާރިޗު 12 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2ގެ ފުލުހުން ޕެޓްރޯލުކުރުމުގެ ތެރޭގައި ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައެވެ. އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި ސެލޯފިން ކޮޅެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އަހްމަދު ޙަމްދާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;