ads
އައްޑޫ ސިޓީ
މަރުވެފައި އޮއްވާ ފެނުނީ ވޯކްވިސާގައި އުޅުނު އޮސްްޓްރޭލިއާ މީހެއް
އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދުގައި މަރުވެފައި އޮއްވާ ފެނުނު ބޭރު މީހާއަކީ އޮސްޓްރޭލިއާ ރައްޔިޔެއްކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދުގައި މަރުވެފައި އޮއްވާ މި މީހާ ފެނުނީ އިއްޔެ ހަވީރިގެ ވަގުތެއްގައެވެ. 

މީ ކާކުކަން ނޭގިގެން އެމީހާގެ ދެނެގަތުމަށް ފުލުހުން އާއްމުންގެ އެހީއަށް ރޭ އެދުނެވެ. އެހެންނަމަވެސް އޭގެ މާ ގިނައިރުތަކެއް ނުވަނީސް ފުލުހުން ވަނީ މަރުވައި އޮއްވާ ފެނުނު މީހާގެ ބައެއް މައުލޫމާތު އާއްމުކޮށްފައެވެ.  

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނު މީހަކީ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށެވެ. ޑެނިއަލް ޑީ ޖިއޮވީން ނަމަކަށް ކިޔާ މި މީހަކީ ވީކް ވިސާގައި ރާއްޖޭގައި އުޅެމުންދިޔަ މީހެއްކަމަށްވެސް ފުލުހުން ބުނެއެވެ. 

އުމުރުން 60 އަހަރުގެ އެ މީހާ މަރުވި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަންނަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;