އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، މި އަހަރު ވެސް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފަ އެވެ. އީދު ނަމާދު ފަށާނީ ހެނދުނު 7:00ގަ އެވެ.
މާލެ ސަރަހައްދުގައި ބޮޑު ޖަމާޢަތުގައި އީދު ނަމާދުކުރަން ނިންމާފައިވަނީ މާފަންނު ސްޓޭޑިއަމާއި ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކްގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސްޖިދުލް ހަސަން އާދަމާއި، ނިރޮޅުމަގާއި ހީނާމާ ހިނގުމާއި ފޭރުގަސް މަގާއި، ދުބުރި ގަސްމަގާއި އެއް އިންކޮށް އޮންނަ ހުސްބިމުގަ އެވެ.
މީގެ އިތުރުން، މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން ޖުމުލަ 25 މިސްކިތެއްގައި އީދު ނަމާދުކުރަން ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ކަލަންޑަރު ބުނާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;