މި ހިދުމަތް އިފްތިތާހު ކުރުމަށް މިއަދު މާފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ.
ހެލްތު މިނިސްޓްރީން ބުނީ ގޮތުގައި މާފުށީގައި ފިޒިއޮތެރަޕީގެ ހިދުމަތް ގާއިމުވެފައި އޮތުމަކީ ރަށުގެ އިގްތިސާދަށާއި އިޖުތިމާއީ ދުޅަހެޔޮ ކަމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.
އަދި މިއީ، ސަރުކާރުން ރަށްރަށުގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ދެކެއެވެ.
ހެލްތު މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި، މި ހިދުމަތް މާފުށީގައި ފެށުމާއެކު، ފިޒިއޮތެރަޕީގެ ފަރުވާ ހޯދުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ނިމުމެއް އަންނާނެ އެވެ. މިއީ މާފުށީގެ އިތުރުން އެ ސަރަހައްދުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށްވެސް ލިބިގެންދާނެ ބޮޑު ލުޔެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;