ads
ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމް
ގާސިމްގެ ނަމުގައި ފޮޓޯ ޖަހާ ސްކޭމް ހިންގާތީ ސަމާލުވާން އެދެފި
ވިލާ ގްރޫޕްސްގެ ޗެއާމަން އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ނަމުގައި ފޮޓޯ ޖަހާ ސްކޭމް ހިންގާތީ ސަމާލުވާން އޭނާ އެދެފިއެވެ.
Advertisement
ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ނަމުގައި ރަމަޟާން ކޭޝް ސަޕޯޓް ގޮތުގައި 50،000 ރުފިޔާ ( ހުރިހާ ބަލިކަށި  ހައުސްހޯލްޑްސް އަށް ) ލިބޭ ފުރުސަތެއްކަމަށް ބުނެ ވަޓްސްއެޕް ގުރޫޕްތަކުގައި އަދި ސޯޝަލްމީޑިއާގެ ބައެއް ޕްލެޓް ފޯމުތަކުގައި ސްކޭމް ހިންގަމުން އަންނަކަމަށެވެ. ގާސިމް ވިދާޅުވީ އޭނާގެ ފޮޓޯ ބޭނުންކޮށްގެން ފަތުރަމުންދާ ޕޯސްޓާއި އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ. 

" އަޅުގަނޑުގެ އޭއައި ފޮޓޯ އަކާއި ސުވާލު ލިންކަކާއި އެކު ފަތުރަމުންދަނީ އަޅުގަނޑާއި އެއްވެސް ގުޅުމެއް ނެތް ސައްހަނޫން މުޢާމަލާތެއް. " ގާސިމް އެކްސްގައި ކުރެެއްވި ޕޯސްޓުގައިވެއެވެ. 

މިފަދަ ސްކޭމަރުންގެ ސަބަބުން އެތައް ބައެއްގެ ވަގުތުބޭކާރުވެ، އެތައް ބަޔަކަށް ދެރަ ނިކަމެތި ގޮތްދިމާވަމުންދާކަމަށް ގާސިމް ވިދާޅުވިއެވެ.  އެހެންކަމުން މިފުރުސަތުގައި ރައްޔިތުންގެ ސަމާލު ކަމަށްޓަކައި މި މައިލޫމާތު ހިއްސާކުރާކަމަށާއި މިފަދަ ނޭންގާނީ އަމަލުތަކުން ދިވެހި މުސްލިމު މުޖުތަައު ސަލާމަތް ކުރެއްވުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;