ads
ޗޮކުލެޓް ޕަފް މިލްކްޝޭކް
ސީއެންއެމް ބަދިގެ: ޗޮކުލެޓް ޕަފް މިލްކްޝޭކް
"ސީއެންއެމް ބަދިގެ" އިން މިއަދު މި ގެނެސްދެނީ " ޗޮކުލެޓް ޕަފް މިލްކްޝޭކް" ތައްޔާރުކުރާނެ ގޮތެވެ.
Advertisement

ބޭނުންވާ ތަކެތި:

2 ޖޯޑް ފުލްކުރީމް މިލްކް

1 ޑާކް ޗޮކްލެޓް

2 ޖޯޑް ހަކުރު

1 ޕެކެޓް ޗޮކްލެޓް ޕަފް ބިސްކޯދު

2 ސުކޫޕް ޗޮކުލެޓް އައިސްކުރީމް

ތައްޔާރުކުރާނެގޮތް:

ފުރަތަމަ ޗޮކްލެޓް ސިރަޕްކޮޅު ތައްޔާރުކޮށްލަށް ފުލް ކުރީމް ތަށްޓެއް ތެއްޔަކަށް އާޅާލާށެވެ. އެއަށްފަހު އެއަށް ހަކުރު ޖޯޑެއް އަޅާ، ޑާކް ޗޮކްލެޓް ވެސް އޭގެތެރެއަށް ބުރިބުރިކޮށްލާފަ އަޅާލާށެވެ. އުނދުން މަޑުގިނީގަ ބަހައްޓައިގެން ހުރިހާ އެއްޗެއް އެކީ މެލްޓް ކޮށްލާށެވެ.

އެއަށްފަހު ބުލެންޑާ އަށް ބިސްކޯދު ޕެކެޓް އަޅާލާ، ފުލްކުރީމް ކިރު އަދި ހަކުރު އަޅައިގެން ރަނގަޅަށް ހުރިހާ އެއްޗެއް ބުލެންޑް ކޮށްލާށެވެ. ދެން ބިއްލޫރި ތަށްޓެއްގައި ކުރިން މެލްޓް ކޮށްލި ޗޮކުލެޓް ސިރަޕް ކޮޅު ހާކާލާށެވެ.

އެއަށްފަހު ކުރިން މި ބުލެންޑް ކޮށްލި މިލްކްޝޭކް ތަށްޓަށް އަޅާލާށެވެ. އަދި މައްޗަށް ޗޮކުލެޓް އައިސްކުރީމް ކޮޅު އަޅާލާށެވެ.

މިހާރު މިހިރީ ޗޮކްލެޓް ޕަފް މިލްކްޝޭކް ހަދާ ނިމިފަ އެވެ. ރޯދަ ވީއްލާ ގަޑިއަށް ވަރަށް ފަސޭހަ އިން ތައްޔާރުކޮށްލެވޭ މި މިލްކްޝޭކް އަކީ ހުރިހާ އެންމެނަށްވެސް ވަރަށް ކަމުދާނެ ފިނި ބުއިމަކަށް ވާނެކަމަށް އުންމީދު ކުރަމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;