ads
އިއްޔެއާ އަޅައިބަލާއިރު މަހުގެ ބާވަތްތަކުގެ އަގު މިއަދު ވަނީ އުފުލިފަ - ފޮޓޯ:ސީއެންއެމް
ރޯދަ ބާޒާރު: މަހުގެ އަގު އުފުލިއްޖެ
މިއަދަކީ މި އަހަރުގެ ރޯދަ މަހުގެ 27 ވަނަ ދުވަހެވެ. މިއަދުވެސް ބާޒާރުގައި ގިނަ ބާވަތްތައް ލިބެން ހުރިއިރު އިއްޔެއާ އަޅައިބަލާއިރު މަހުގެ ބާވަތްތަކުގެ އަގު މިއަދު ވަނީ އުފުލިފަ އެވެ.
Advertisement

ރޯދަމަހު މަހުގެ އަގުތަކަށް އައި ބަދަލާއި ގުޅޭގޮތުން މަސް މާރުކޭޓުގައި ހަރަކާތްތެރިވާ މަސް ވިއްކާ ފަރާތެއް ބުނީ، ރޯދަ މަހުގެ ކުރީކޮޅު މަހުގެ އަގު ހެޔޮވީ އޭރު މަސް ލިބެމުން ދިއުމުން ކަަމަށެވެ. 

ނަމަވެސް މިހާރު މިއީ ރޯދަމަހުގެ ފަހު ދިހައެއްކަށް ވުމާއި، އަދި އާންމުކޮށްވެސް މިދުވަސް ވަރަކީ އެންވެރިކަން ދަށްވާ ދުވަސްވަރެއް ކަމުން މަސް ނުލިބޭ ކަމަށެވެ.  

މަސްމާރުކޭޓުގެ އަގުތައް

  • ކަނޑުމަސް 35-40 ރުފިޔާއަށް ކިލޯއެއް
  • ކަންނެލި: 35-45 ރުފިޔާއަށް ކިލޯއެއް
  • މާނިޔަ މަސް: 60 ރުފިޔާއަށް މަހެއް
  • ހަންޖެއް: 220-240 ރުފިޔާއަށް
  • ރަތްމަސް: 175 ރުފިޔާއަށް ކިލޯއެއް
  • މުށިމަސް: 30 ރުފިޔާއަށް ހަތަރު މަސް
  • ދޮންމަސް: 20-30 ރުފިޔާއަށް ހަތަރު މަސް
  • ގިނިމަސް: 90 ރުފިޔާއަށް ކިލޯއެއް
  • ކުރުމަސް: 55ރ އަށް ކިލޯއެއް

ބާޒާރުގައި އެހެން ބައެއް ބާވަތްތަކުގެ އަގުތައް:

  • ކިއުކަންބާ ކިލޯއެއް 40 ރުފިޔާއަށް
  • ދޮންކެޔޮ ކިލޯއެއް 60 ރުފިޔާއާއި 50 ރުފިޔާއަށް
  • ކާއްޓެއް 12 ރުފިޔާއާއި 20 ރުފިޔާއާ ދެމެދުގައި
  • ބަށި ކިލޯއެއް 50 ރުފިޔާއަށް
  • އަނބު ކިލޯއެއް 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގައި

ބާޒާރުގެ އިތުރު ބައެއް ތަކެތީގެ އަގުތަކަށް ބަލާއިރު، ކަރާ ކިލޯއެއްގެ އަގު ވަނީ 35 ރުފިޔާއަށް ބޮޑުވެފަ އެވެ. އެއީ، ރޯދަމަސް ފެށުނުއިރުން ފެށިގެން 30 ރުފިޔާގައި ހުރި ކަރަލުގެ އަގަށް އައި ފަސް ރުފިޔާގެ ބޮޑުވުމެކެވެ. އަދި، ޕެޝަންފްރުޓްގެ އަގު ވެސް ވަނީ 150 ރުފިޔާއަށް ބޮޑުވެފަ އެވެ.

މިރުސް ކިލޯއެއް މި ފަހު ދިހައެއްގައި 240 ރުފިޔާއާއި 180 ރުފިޔާއާއި ދެމެދުގައި ހުރި ނަމަވެސް އެ އަދަދު މިހާރު ވަނީ 230 ރުފިޔާއާއި 170 ރުފިޔާއާ ހަމައަށް ވެއްޓިފަ އެވެ. މި ހަފުތާ ފެށުނުއިރު މިރުސް ކިލޯއެއްގެ އަގު އުޅުނީ 280 ރުފިޔާއާއި 230 ރުފިޔާއާއި ދެމެދުގެ އަގެއްގަ އެވެ.

މީގެއިތުރުން ބާޒާރުގައި ކުރުނބާގެ އަގު 40ރ. އާއި 50ރ. އާ ދެމެދު ހުރިއިރު، ކުރުނބާ ފުޅިއެއް ލިބެން ހުރީ 150ރ. އަށެވެ. ކޮޕީފަތް ބޮނޑިއެއް 10ރ. އަށް ހުރިއިރު، ލެޓިއުސް ކިލޯއެއް 60ރ. އަށް ލިބެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;