އެމްޕީއެލްގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، ޔޮޓް މެރީނާގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.
އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އަލީ ހާޝިމެވެ. އަދި ސަސް އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުالله ސަވާދެވެ.
ސަސް އީ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއު ފުރަތަމަ ފިޔަވަހީގެ ދަށުން 18 ޔޮޓް އެއްފަހަރާ ބަނދަރު ކުރެވޭ މެރީނާއެއް ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ. އަދި މެރީނާއިން ޔޮޓްތަކަށް ބޭނުންވާ މައިގަގނޑު ހިދުމަތްތައް ލިބޭނެ ކަމަށާއި އިމިގްރޭޝަނާއި ކަސްޓަމްސްގެ ހިދުމަތް ވެސް ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އެމްޕީއެލް އިން އަންނަނީ ޔޮޓް މެރީނާ އޮޕަރޭޓްކޮށް، އިތުރަށް ތަރައްގީ ކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތްތައް ވެސް ކުރަމުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އުލިގަމުގައި ޔޮޓް މެރީނާއެއް ހަދަން އެމްޕީއެލާއި އުލިގަމު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 1 އޮގަސްޓު 2024ގައެވެ.
އުލިގަމަކީ ރާއްޖޭން ބޭރުން އަންނަ ޔޮޓުތައް އާންމުކޮށް ބަނދަރުކުރާ މަންޒިލެކެވެ. އުލިގަމަށް ހާއްސަ އިގުތިސާދީ މަސައްކަތެއްގެ ގޮތުގައި ޔޮޓް މެރީނާއެއް ތަރައްގީކޮށް އެ ޚިދުމަތް ފުޅާކޮށް، އިގުތިސާދީ ނަފާ ހޯދުމަކީ ސަރުކާރުގެ އަމާޒެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;