ads
ސަނީ އުމަރު
ސަނީ އުމަރުގެ މައްޗަށް ދައުވާކޮށްފި، 44 އަހަރުގެ ހުކުމެއް އަތުވެދާނެ
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ މައްޗަށް ދަޢުވާ ކުރުމަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.
Advertisement

ޕީޖީ އޮފީހުން ބުނި ގޮތުގައި، ސަނީ އުމަރުގެ މައްޗަށް ކޯޓަށް ހުށަހެޅި ދައުވާތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތިން ދައުވާއަކާއި، ގާނޫނުލްއުގޫބާތުގެ ދަށުން ކުރި ދެ ދައުވާއެއް ހިމެނެއެވެ.

މީގެ ތެރެއިން ފުރަތަމަ ދައުވާ އުފުލީ ފިރިހެން ކުއްޖެއްގެ އުމުރުން ހަތް އަހަރު ފުރުމުގެ ކުރިން ފެށިގެން އޮގަސްޓު، 2025 އާ ހަމައަށް އެކިދުވަސް މަތިން އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް، އެ ކުއްޖާގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލާފައިވާތީ ކަމަށް ޕީޖީން ބުންޏެވެ. 

ދެވަނައަށް އުފުލީ އަންހެން ކުއްޖެއްގެ އުމުރުން 10 ނުވަތަ 11 އަހަރުގައި އެ ކުއްޖާ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލާފައިވާ ކަމަށް ތުހުމަތުކޮށެވެ. އަދި ތިންވަނަ އަށް އުފުލާފައިވަނީ ވެސް އަންހެން ކުއްޖެއްގެ އުމުރުން ނުވަ ނުވަތަ 10 އަހަރުގައި އެ ކުއްޖާގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލި ކަމަށް ތުހުމަތުކޮށް ކަމަށް ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ. 

ސަނީ އުމަރު ހުރީ ޝަރިއަތް ނިމެންދެން ބަންދުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;