ads
ރ. މަޑުއްވަރީ ބަނދަރުމަތި ފޮޓޯ: @Hasontey11ޓުވިޓާ
މަޑުއްވަރީ އޮޕަރޭޝަން: ހަތަރު ގެ ބަލައި ފާސްކޮށްފި
ހަރުކަށި ފިކުރު ފަތުރާ ބަޔަކު ރ. މަޑުއްވަރީގައި އުޅޭކަމަށް ބުނެ އެރަށުގައި ސަލާމަތީ ހިދުމަތްތަކުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް ހަތަރު ގެއެއް ބަލާ ފާސްކޮށްފައިވާކަން "ސީއެންއެމް"އަށް އެނގިއްޖެ އެވެ.
Advertisement
ހަރުކަށި ފިކުރު ފަތުރާ ބަޔަކު ރ. މަޑުއްވަރީގައި އުޅޭކަމަށް ބުނެ އެރަށުގައި ސަލާމަތީ ހިދުމަތްތަކުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް ހަތަރު ގެއެއް ބަލާ ފާސްކޮށްފައިވާކަން "ސީއެންއެމް"އަށް އެނގިއްޖެ އެވެ.

ރ.މަޑުއްވަރީ އިން "ސީއެންއެމް"އަށް މައުލޫމާތުދިން މީހަކު ބުނެފައިވަނީ، އެ ރަށުގެ ހަތަރު ގެ އެއް ފުލުހުން ބަލާފައިވާކަމަށެވެ.

ރ. މަޑުއްވަރީގައި ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި މިހާތަނަށް ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައެވެ.



ހައްޔަރުކޮށްފައިވާ މީހަކީ ހަރުކަށި ފިކުރު ފަތުރަން މަސައްކަތް ކުރާ މީހެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން މަޑުއްވަރީގައި ހިންގާ އޮޕަރޭޝަނަށް ފުލުހުން މަޑުއްވަރީ އަށް އެރީ މިއަދު ހެނދުނު އެވެ.

ފުލުހުން މަޑުއްވަރީގައި ހަރަކާތްތެރިވަމުންދާއިރު އެރަށުގެ ބޭރުގައި ކޯސްޓްގާޑު އުޅަނދެއް އެބައޮތެވެ.

މިއޮޕަރޭޝަނާ ގުޅިގެން ފުލުހުންގެ އިދާރާއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިން، ހައްގުތަކުން މަހްރޫމްކޮށް އެފަރާތްތަކުގެ ނާޖާއިޒް ފާއިދާ ނަގަމުންދާ ކަމަށެވެ.

މިބަޔާނުގައި ބުނެފައިވަނީ މަޑުއްވަރީގައި ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓްކޮށް ހިންގާ މަސައްކަތާއި ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި ސިފައިންނާއި ދައުލަތުގެ ކަމާ ބެހޭ އެހެން އިދާރާތަކުންވެސް ބައިވެރިވާ ކަމަށެވެ.

މިފަދަ އަމަލުތައް ހިންގާ ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން މުޖުތަމައާއި ވަކިކޮށް ކުޑަކުދިންނަށް ސިއްހީ ގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ ތައުލީމް ހާސިލްކުރުމުގެ ހައްގުން މަހްރޫމް ކުރުވާ ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި ކުޑަކުދިން މީހުންނާއި ކައިވެނިކޮށްގެން ކަމަށް ބުނެ، މިކަންކަން ހިންގާ ގެ ތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށާއި، ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާއި ގުޅުންހުރި ސިއްހީ އިންތިޒާމްތަކާއި ހައްގުތަކުން އަންހެނުން މަހްރޫމްކޮށް އެފަދަ އަންހެނުންގެ ފުރާނައާއި ސިއްހަތަށް ނުރައްކާތެރި ހާލަތްތަކަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ،

ފުލުހުން ބުނީ މިފަދަ އަމަލުތައް މަޑުއްވަރީގައި ހިންގަމުންދާ ކަމަށް ލިބިފައިވާ މައުލޫމާތާއި ގުޅިގެން މިކަންކަން ހިންގަމުންދާ ކަމަށް ފާހަގަކުރެވޭ ގެތައް ބަލައި ފާސްކޮށް މިކަންކަން ކުރުމުގައި އިސްވެ ހަރަކާތްތެރިވާ ފަރާތްތައް ހޯދާ ދަނެގަންނާނެ ކަމަށެވެ. އަދި މިތަންތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ހާލަތު ބަލައި އެފަރާތްތަކުގެ ހައްގުތައް މި އޮޕަރޭޝަންގެ ރައްކާތެރިކޮށްދޭނެ ކަމަށެވެ.

މަޑުއްވަރީގައި ހަރުކަށި ފިކުރުތަކަށް ތާއީދުކޮށް އެފަދަ އަމަލުތައް ފަތުރަން މަސައްކަތްކުރާ ފަރާތްތަކުން އެ ފަރާތްތަކުން ގަބޫލުކުރާ ކުރުމެއްގެ މައްޗަށް ބިނާކޮށް ހައްގަކާއި ނުލައި މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ ތަފާތު ޖިނާއީ ކުށްތައް ކުރަމުންދާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް