ads
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމު އަދީލް ޖަލީލް
ބައްސާމް އަލުން ޖަލަށް ބަދަލުކޮށްފި
އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމިން އެވެނިއުގެ އެޕާޓްމަންޓެއް ގަތް މައްސަލައިގައި އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވިކަން ސާބިތުވެ ޖަލަށް ލާފައި ހުރި އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގެއަށް ބަދަލުކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއެކު އޭނާ ޖަލަށް ބަދަލުކޮށްފި އެވެ.
Advertisement

ކޮރަޕްޝަންގެ ހަތަރު ދައުވާއެއް ސާބިތުވެފައިވާ ބައްސާމް ގޭ ބަންދަށް ބަދަލު ކުރީ އިއްޔެ މެންދުރެވެ. އެ ހަބަރު ރޭ ނޫސްތަކަށް އެރުމުން އާއްމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ.

ކަރެކްޝަންސް އިން އިއްޔެ ބުނީ ބައްސާމު ވަގުތީ ގޮތުން ގޭބަންދަށް އިއްޔެ ބަދަލުކުރީ އޭނަ ސާޖަރީއަކަށްފަހު ޑ.ރ ގެ މެޑިކަލް ލަފާގެ މަތިން ކަމަށެވެ. ނަމަވެސް އޭނަ ގެއަށް ބަދަލުކުރީތާ 24 ގަޑިއިރު ވެސް ނުވަނީސް މިހާރު ވަނީ އަލުން ޖަލަށް ބަދަލުކޮށްފަ އެވެ.

އަދި މިހާރު ޖަލުގައި ބަހައްޓައިގެން ސާޖަރީ އަށްފަހު ދޭ ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހުމުން ބައްސާމް އަލުން ޖަލަށް ބަދަލުކޮށްފައި ކަމަށް ކަރެކްޝަންސް ބުނެ އެވެ.

ބައްސާމްގެ މައްޗަށް 32 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ އެފްއޭއެމްއަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އާއި އިތުރު 10،000 ޑޮލަރު (154،000ރ.) އަށް ހިޔާނާތްތެރިވުމާއި އަދި އެ ފައިސާ ލޯންޑާ ކުރުމުގެ ކުށުގައި ބައްސާމްގެ މައްޗަށް ކުރި ހަތަރު ދައުވާއެއް ސާބިތުވެގެންނެވެ. 

އޭގެ ތެރެއިން ފުރަތަމަ ދައުވާގައި އޭނާ ޖަލަށްލާން ހުކުމްކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;