ބޭނުންވާ ތަކެތި:
8 މިނީ ބާގަ
ކްރީމް ޗީޒް ފިލިން ތައްޔާރުކުރުމަށް:
250ގ ކްރީމް ޗީޒް
½ ކަޕް އައިސިން ޝުގަރ
1 ޕެޝަން ފުރުޓް
ބަޓަރު މިކުސް ތައްޔާރުކޮށްލަށް:
100ގ ބަޓަރު
1 ބިސް
1 ޕެޝަން ފުރުޓު ފަޅި
ފުރަތަމަ ކްރީމް ޗީޒް، އައިސިން ޝުގާ އަދި ޕެޝަން ފުރުޓް މިކުސް ކޮށްލައިގެން ކްރީމް ޗީޒް ފިލިން ތައްޔާރުކޮށްލާށެވެ. އެއަށްފަހު ޕައިޕިން ބޭގްއަކަށް އަޅާފަ ބައިންދާލާށެވެ. ދެން ބާގާތައް ދެބަޔަށް ބައިވާ ގޮތަށް ޅިޔަ އަޅާލާށެވެ. އެއަށްފަހު ޕައިޕިން ބޭގުން ކުރީމް ޗީޒް ފިލިން ބަނަހުގެ ޅިޔަ އަޅާފަ ހުރިތަނަށް އެތެރެއަށް އަޅާލާށެވެ.ދެން ޓްރޭ އެއްގެ ތެރެ މިބަނަސް ތަށް އަތުރާލާށެވެ .
ދެން ބަޓަރު، ބިސް އަދި ޕެޝަން ފުރުޓް އެއްފަޅި މިކުސް ކޮށްލައިގެން ބަޓަރު މިކުސް ތައްޔާރު ކޮށްލާށެވެ.
އެއަށްފަހު ތައްޔާރުކުރި ބަޓަރު މިކުސް ގެ ތެރެއަށް ކޮންމެ ބަނަހެއް ވަކިން ގަންބާލާފަ ނަގާށެވެ. ދެން ކޮންމެ ބަނަހެއްގެ މައްޗަށް ޕެޝަން ފުރުޓު ކޮޅެއް އަޅާނީ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;