މިކަމަށް އެރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ހޮސްޕިޓަލްގެ ބިންގާ އަޅާ ދެއްވީ ހެލްތް މިނިސްޓަރު އަބަދުﷲ ނާޒިމާއި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމާއި މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހްމަދު ޒާހިރުއެވެ.
މީދޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރުޑީސީއާ އެވެ.
ރ. މީދޫގައި ހޮސްޕިޓަލް އަޅަން އެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ ކުރީ މިދިޔަ ސަރުކާރުގެ ފަހުކޮޅުގައެވެ. އެ މަސައްކަތް އެ ކުންފުންޏާއި އޭރު ހަވާލުކުރީ 500 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 135 މިލިއަން ރުފިޔާއަށެވެ.
އެހެންނަމަވެސް އެމްޑީޕީ ސަރުކާރު ބަދަލުވެ މި ސަރުކާރުގެ ވެރިކަން ފެށުމުން މި ސަރުކާރުންވެސް އަލުން ވަނީ މި ހޮސްޕިޓަލް އެޅުމަށް އާރުޑީސީއާ އެކު އެއްބަސް ވުމެއްގައި ދެވަނަ ފަހަރަށް ސޮއިކޮށްފައެވެ.
ރ. މީދޫގައި މިހާރު ހުންނަނީ 24 ގަޑިއިރު ހިދުމަތްދޭ ސިއްހީ މަރުކަޒެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;