ads
ވީއައިއޭ ޓެކްސީކިއު: ފޮޓޯ އެޓޯލްޓައިމްސް
ޓެކްސީ ދަތުރުގެ އަގުތަކަށް ބަދަލު ގެނައުމަށް ޑްރައިވާސް އެސޯސިއޭޝަނުން ގޮވާލައިފި
ޕެޓްރޯލުގެ އަގު އުފުލެމުންދާއިރު ޓެކްސީ ދަތުރުތަކުގެ އަގު ހިފަހައްޓައި، އޭގެ ހުރިހާ މާލީ ބުރައެއް ޑްރައިވަރުން އުފުލަންޖެހުމަކީ އިންސާފެއް ނޫންކަމަށާއި ތެލުގެ އަގަށް އައި ބަތަލާއެކު ޓެކްސީގެ އަގުތަކަށް ބަދަލު ގެނައުމަށް ޑްރައިވާސް އެސޯސިއޭޝަނުން ގޮވާލައިފި އެވެ.
Advertisement

އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ތެލުގެ އަގަށް ގެނައި ބަދަލާ ގުޅިގެން އިގުތިސާދީ ގޮތުން އެތައް ދަތިތަކެއް ކުރިމަތިވެފައިވާ ޑްރައިވަރުންގެ ކަންބޮޑުވުންތައް ހުރި ކަމަށެވެ. 

އެގޮތުން ތެލުގެ އަގާއި ދިރިއުޅުމުގެ އާންމު ހަރަދުތައް އުފުލެމުންދާ އިރު ޓެކްސީ ދަތުރުތަކުގެ އަގު ސަރުކާރުން ވަކި މިންގަނޑެއްގައި ހިފަހައްޓާފައި އޮތުމަކީ ޑްރައިވަރުންނަށް ލިބޭ ވަރަށް ބޮޑު ތަކުލީފެއް ކަމަށާއި މި ހިދުމަތް ދިނުމުގައި ޑްރައިވަރުންނަށް ލުއި ފަސޭހަކޮށް ދިނުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ވޭތުވެދިޔަ ދިގު މާޒީގައި އަޅާފައި ނުވާ ކަމަށް އެސޯސިއޭޝަނުން ބުންޏެވެ

"ހުރިހާ މާލީ ބުރައެއް ހަމައެކަނި ޑްރައިވަރުން އުފުލަން ޖެހުމަކީ އިންސާފެއް ކަމަށް މި ޖަމިއްޔާއިން ގަބޫލެއް ނުކުރަން،" ޑްރައިވާސް އެސޯސިއޭޝަނުން ބުންޏެވެ.

ތެލާއި ދިރިއުޅުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި ދަތުރުތަކުގެ އަގަށް ބަދަލު ގެނައުމަކީ މުހިންމު ކަމެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެފައި ވެއެވެ. އަދި އެކަމަށް އެދި ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ވެސް ޑްރައިވާސް އެސޯސިއޭޝަނުން ބުންޏެވެ.

ޓެކްސީ ޑްރައިވަރުން އަގުތަށް މުރާޖާކުރުމަށް އެދިފައިވާރު ސަރުކާރުން ގެންދަނީ އެ ހިދުމަތް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޓެކްސީ ލައިންގެ ހިދުމަތް މި ފިތުރު އީދަށް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

ތެލުގެ އަގު ބޮޑުވަމުން މި އަންނަނީ ހޮރުމޫޒު ކަނޑުއޮޅި ބަންދުކޮށް ދުނިޔޭގެ ސަޕްލައިގެ ބޮޑު ބައެއް ހުއްޓިފައި އޮތުމުންނެވެ. އެމެރިކާއިން އަރަބި ގައުމުތަކުގެ ސަރަހައްދު ބޭނުންކޮށްގެން އިރާނަށް ހަމަލާ ދޭތީ އިރާނުން އެ ގައުމުތަކަށް ދޭ ރައްދު ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި ތެޔޮ އުފައްދާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;