ads
ޖަޕާން ސަރުކާރުގެ އެހީ އާއެކު އީވީ ބަސްތައް ޗާޖުކުރާނެ ސްޓޭޝަނެއް ހުޅުމާލެ ޓާމިނަލުގައި ގާއިމުކުރުުން - ފޮޓޯ:ޔޫއެންޑީޕީ
އިލެކްޓްރިކް އުޅަނދުތަކުގައި ފެހި ބޯޑު ހަރުކުރަން ދެ މަސް ދީފީ
ރާއްޖޭގައި ދުއްވާ އިލެކްޓްރިކް އުޅަނދުތަކުގައި ނަންބަރު ބޯޑު ފެހި ކުލައަށް ބަދަލުކޮށް އެ ބޯޑުތައް ހަރުކުރަން ދެ މަސް ދުވަހުގެ މުއްދަތެއް ދީފިއެވެ
Advertisement

އިލެކްޓްރިކް އުޅަނދަކީ ޕެޓްރޯލް ނުވަތަ ޑީސަލް އަޅަން ނުޖެހޭ ހަމައެކަނި ބެޓެރީގެ ހަކަތަ ބޭނުންކޮށްގެން ނުވަތަ އިލެކްޓްރިކް މޯޓަރެއް ބޭނުންކޮށް ދުއްވާ އުޅަނދުތަކެވެ.

އީވީ އުޅަނދުކަތުގައި ފެހި ކުލައިގެ ނަމްބަރު ބޯޑެެއް ހަރުކުރަން ޖެހޭ ގޮތަށް ނިންމާ 'އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް' ބަދަލު ގެނެސް އިއްޔެއިން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.

އެ ބަދަލުގައިވާ ގޮތުން ވިޔަފާރި އުސޫލުން ބޭނުންކުރާ އިލެކްޓްރިކް އުޅަނދުތަކުގައި ބޭނުންކުރާ ނަންބަރު ބޯޑު ހުންނަންވާނީ ފެހިކުލައިގެ ބޯޑެއްގައި، ރީނދޫކުލައިގެ އަކުރުން ލިޔެފައެވެ. އަދި އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ އިލެކްޓްރިކް އުޅަނދުތަކުގައި ނަންބަރު ބޯޑު ހުންނަންވާނީ ފެހިކުލައިގެ ބޯޑެއްގައި، ހުދުކުލައިގެ އަކުރުން ލިޔެފައިކަމަށް އަލަށް ގެނައި އިސްލާހުގައި ބުނެއެވެ. 

އަލަށް ގެނައި އިސްލާހަށް އިއްޔެއިން ފެށިގެން އަމަލުކުރަން ފަށާ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގައި ރަޖިސްޓްރީކޮށްގެން މިހާރު ބޭނުންކުރަމުންދާ އިލެކްޓްރިކް އުޅަނދުތަކުން، ނަންބަރު ބޯޑުގެ ކުލަ ފެހި ކުލަށް ބަދަލުކުރަން 60 ދުވަސް ވަނީ ދީފައެވެ.

މީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކަށް ވެހިކަލް ރަޖިސްޓްރީ ކުރެވޭނެ ފަސޭހަ ގޮތްވެސް ގާނޫނަށް ގެނައި ބަދަލުގައި ވަނީ ހިމަނާފައެވެ. އެގޮތުން ސަރުކާރުގެ 50 އިންސައްތަ ހިއްސާއަށް ވުރެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިތަކުގެ ތެރެއިން، އެ ކުންފުންޏެއްގެ މަގުސަދުތަކުގެ ތެރޭގައި ނުވަތަ މަސައްކަތްތަކުގެ ތެރޭގައި، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި މީހުން އުފުލުމާއި މުދާ އުފުލުމުގެ ހިދުމަތް ދިނުން ހިމެނިފައިވާ ކުންފުނިތަކަށް، އެ ކުންފުނީގެ ނަމުގައި އުޅަނދު ރަޖިސްޓަރީކޮށްދިނުމަށް ވަނީ ގަވައިދުގައި ހިމަނާފައެވެ.  

ސަރުކާރުން ފަށަން ތައްޔާރުވަމުން އަންނަ ޓެކްސީ ލައިންގައިވެސް ބޭނުންކުރަން ނިންމާފައިވަނީ ތިމާވެއްޓާއި ރައްޓެހި އުޅަނދުތައްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ޓެކްސީ ލައިންގެ ހިދުމަތް މި އަންނަ ފިތުރު އީދުގައި ފަށާނެކަމަށް މިނިސްޓަރު އަމީން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;