އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާ އެކު ކައުންސިލު އިންތިހާބުގެ ކެމްޕެއިނަށް ބ. ތުޅާދުއަށް ވަޑައިގެން ނަޝީދު އިއްޔެ ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފައިދާ ނުވީމާ ކުންފުނިތަކަށް ފައިސާ ދޭންޖެހެނީ ސަރުކާރުން، ރައްޔިތުންގެ ފައިސާއިން ކަމަށެވެ. އެހެންވެ ނަޝީދު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޮނިގަނޑު ބަދަލުކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ ދަރަނީގެ ހާލަތަށް އަލިއަޅުވާލައްވައި ނަޝީދު ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންވަރަށް ވުރެ 140 ޕަސެންޓު އިތުރަށް ރާއްޖެ އޮތީ ބޭރު ގައުމުތަކަށާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް ދަރާފައި ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޮނިގަނޑު ބަދަލުކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއިރު، ރާއްޖެ ހިންގުމުގެ އޮނިގަނޑު ބަދަލު ކުރަން ޖެހޭ ކަމަށް ބުނެ "އެދޭ ރާއްޖޭ" ހަރަކާތްތުން ވެސް ވަނީ
އެގޮތުން:
1. ސިޔާސީ މަގާމަށް މީހުން އައްޔަނު ކުރެވޭނެ އަދަދު ކަނޑައެޅުމާއި
ނަތީޖާ:
ސިޔާސީ މަގާމުތަކަށް ކުރާ ހަރަދު ކުޑަކުރެވި، މަތިބަރު އިސްރާފު ބޮޑު، ސަރުކާރެއްގެ ބަދަލުގައި ރައްޔިތުންގެ ފައިސާ ރައްޔިތުންގެ މަސްލަހަތުގައި ހޭދަ ކުރުމަށް ލާޒިމްވުން
2. ސަރުކާރާއި މުޅިން ވަކިން ދައުލަތުގެ އެސެޓްތަކާއި މާލީ ހިސާބުތައް ހާމަކޮށް ބަލަހައްޓާނެ ނިޒާމެއް އެކުލަވާލުން
ނަތީޖާ:
ދައުލަތުގެ އެސެޓާއި އެންމެހާ ވަސީލަތްތަކާއި މާލިއްޔަތާއި އާމްދަނީގެ ހިސާބު ކިތާބު ހާމަކޮށް ބެލެހެއްޓޭނެ ހަރުދަނާ އޮނިގަނޑެއް ގާނޫނު އަސާސީގައި ކަނޑައެޅުން
3. ސަރުކާރުގެ ބައިވެރިވުން ނެތި ކުންފުނިތައް ރެގިއުލޭޓްކޮށް ހިންގޭނެ އޮނިގަނޑެއް ގާނޫނު އަސާސީގައި ކަނޑައެޅުން
ނަތީޖާ:
ދައުލަތުގެ ބޭނުމަށް ވުރެ ރައީސްގެ އަމިއްލަ މަސްހަލަތާއި މަންފާއަށް ކުންފުނިތަކުން ކުރަމުންގެންދާ ހޭދަ ނިމުކަށް ގެނެސް ދައުލަތުގެ ކުންފުނިތައް ރެގިއުލޭޓްކޮށް ހިންގޭނެ ހަރުދަނާ އޮނިގަނޑެއް ލިބުން
"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ރައްޔިތުންގެ މަސްލަހަތަކީ އެންމެ އިސް މަސްލަހަތު ކަމަށް ދެކިގެން ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައުއާއި، ކައުންސިލްތަކާއި މީޑިއާއާއި، ސިޔާސީ ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ.
އެ ހަރަކާތުން ގޮވާލައި މައިގަނޑު ގޮވާލުންތަކުގެތެރޭގައި ހިމެނެނީ:
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;