ads
އެސްއެމްއީ ޑިޖިޓަލުން ބިދޭސީންނަށް ކާބޯތަކެތީގެ ޕެކޭޖު ފޯރުކޮށްދިނުން.
އެސްއެމްއީ ޑިޖިޓަލްގެ އަހަރީ ދުވަސް ފާހަގަކުރަން ބިދޭސީންނަށް ކާބޯތަކެތީގެ ޕެކޭޖު ބަހައިފި
އެސްއެމްއީ ޑިޖިޓަލްގެ 7 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބިދޭސީ މަސައްކަތްތެރިންނަށް ރޯދަވީއްލުން ބެހުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.
Advertisement

އެސްއެމްއީ ޑިޖިޓަލުން ބުނީ އެ ހަރަކާތް ކުރިއަށް ގެންދިޔައީ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ އިގްތިސާދަށާއި މުޖުތަމައަށް ކޮށްދޭ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

އެސްއެމްއީ ޑިޖިޓަލްއިން ބުނި ގޮތުގައި އެ މަސައްކަތަކީ މުވައްޒަފުންގެ މެދުގައި ގުޅުންބަދަހިކޮށް، މުޖުތަމައުއަށް އަނބުރާ ދިނުމުގެ ރޫހު ދިރުވުމަށް ހިންގި ހަރަކާތެކެވެ.

މި ރޯދަ މަހާ ދިމާކޮށް، އެސްއެމްއީ ޑިޖިޓަލްއިން ވަނީ މަމްސް އެއިޑް ޖަމުއިއްޔާއާ ގުޅިގެން އެންމެ ބޭނުން ޖެހިފައިވާ އާއިލާތަކަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފަ އެވެ. 

މި ހަރަކާތުގައި ކުންފުނީގެ މުވައްޒަފުންގެ ޑޮނޮޝަނާއި އަދި ކުންފުނީގެ ފަރާތުން ހަދިޔާކުރި ފައިސާ ހޭދަކޮށް، ދަތި ހާލުގައި އުޅެމުންދާ އާއިލާތަކަށް ކާބޯތަކެތީގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.

އެސްއެމްއީ ޑިޖިޓަލްގެ މައިގަނޑު އަމާޒަކީ ވިޔަފާރިވެރިން ބާރުވެރިކުރުވުމާއި ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަރުދަނާކޮށް ތަރައްގީކުރުން ކަމަށް އެ ކުންފުނިން ވިދާޅުވި އެވެ. އެގޮތުން އެ ކުންފުނިން ވަނީ ފާއިތުވިޔަ ދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;