ބޭނުންވާ ތަކެތި:
1 ޕާން
1 ފުޅި ނަޓެއްލާ (ކުޑަ)
1 ޗޮކުލެޓް (މެލްޓް ކޮށްލާފަ)
50ގ ކެސޫނަޓް (ކުދިކޮށްލާފަ)
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ޕާން ފޮތިތަށް ކައިރި ނަގާފައި، ފަހަރަކު ޕާން ފޮއްޗެއް ކަޓިން ބޯޑު މަތީ ބާއްވާފައި ތުނިކޮށް ދަމާލާށެވެެ. ދެން އޭގަ ނަޓެއްލާ ރަނގަޅަށް ހާކާލާފައި އަނެއްކާވެސް ރަނގަޅަށް ރޯލް ކޮށްލާށެވެ.
ދެން އެހެން ތައްޓެއްގައި މެލްޓް ކޮށްލި ޗޮކުލެޓް ކޮޅު ތެރެއަށް ކުދިކޮށްލި ކެޝޫނަޓް ކޮޅު އަޅާފައި ރޯލް ކޮށްލި ޕާން ފަހަރަކު ރޯލް އެއް ޗޮކުލެޓް ކޮޅު ތެރެއަށް ޑިޕް ކޮށްލާފައި ނަގާށެވެ.
އެއަށްފަހު ދެ ގަޑި އިރު ފިނިކޮށްލަށް ފުރިޖުގައި ބަހައްޓާށެވެ.
މިހާރު މިހިރީ ނަޓެއްލާ ޗޮކުލެޓް ބުރެޑް ރޯލްސް ހަދާ ނިމިފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;