ads
ޒަކާތްް ބަހަނީ
އެންމެ ގިނައި ފިތުރު ޒަކާތް ލިބުނު އަހަރު، 6000 ރުފިޔާގެ މަގުން ބަހައިފި
މިއަހަރަކީ މިހާތަނަށް އެންމެ ގިނައިން ފިތުރު ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު އަހަރުކަމަށް ޒަކާތު ހައުސއިން ބުނެފިއެވެ.
Advertisement

ޒަކާތު ހައުސްއިން ބުނީ މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި މިހައިތަނަށް ޖުމުލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށެވެ. އަދީ މިއީ މިހައި ތަނަށް ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވާ އަހަރުކަމަށްވެސް ޒަކާތު ހައުސްއިން ބުނެއެވެ. 

ފިތުރި ޒަކާތަށް ލިބުނު ފައިސާގެ ތެރެއިން ފަޤީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅައިފައިވަނީ ޖުމުލަ 13،896،000 ދިވެހި ރުފިޔާކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. 

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް މިއަހަރި ފިތުރި ޒަކާތް ބަހަން ނިންމާފައިވާކަމަށްވެސް ޒަކާތު ހައުސްއިން ބުނެއެވެ. 

ޒަކާތް ލިބުމަށް ޝަރުޠު ހަމަވާ މީހުންނަށް ފިތުރު ޒަކާތް ބަހައިފައިވާ އިރު، ބޮލަކަށް ޖެހިފައިވަނީ 6,000 ދިވެހި ރުފިޔާކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. މިއީ ރާއްޖޭގައި މިހައި ތަނަށް ހަމަހަމަކޮށް ފިތުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިތުރު ޒަކާތް ބެހި ފަހަރުކަމަށާއި ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި، ޒަކާތް ހައްގުވާ ކެޓަގަރީތަކުގެ ދަށުން ހިމެނުނު 62 ފަޤީރު ޔަތީމު ކުދިން ވެސް ހިމެނޭކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. 

ފައިސާގެ އިތުރުން ގޮވާމުން ވެސް ޒަކާތް ބަލައިގަނެ ޒަކާތް ބަލައިގަތުމާއި ބެހުން ކުރިއަށް ގެންގޮސްފައިވަކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. 

ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ޒަކާތް ބަލައިގަތުން ކުރިއަށް ގެންދިއުމުގެ ސަބަބުން، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ދުވަހުން ދުވަހަށް ވަނީ މޮނިޓަރު ކުރެވިފައިކަމަށާއި އަދި އޭގެ ސަބަބުން، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ހަމަހަމަކަމާ އެކު ފައިސާ ބެހުމަށް މަގުފަހިވެގެންދިޔަކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;