ރޯވި ޕްރައިމް ގުދަނަކީ ރާއްޖެއަށް ގަސް ކާނާ އާއި އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި އެތެރެކޮށް ވިއްކާ ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގައެވެ. އެގުދަނުގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ މުދަލާއި ކެމިކަލްވެސް ހުރިއިރު އެ ހާދިސާގައި އެ ގުދަން ވަނީ އަނދާ އަޅިއަށްވެފައެވެ.
އެންޑީއެމްއޭއިން ބުނީ ރޭގެ ދަންވަރު 20:30 ގެ ނިޔަލަށް ޖުމްލަ 15 ގެއަކުން 454 މީހުން އިވަކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކުރިކަމަށެވެ. އެއީ 69 އަންހެނުންނާއި 385 ފިރިހެނުންކަމަށާއި އޭގެތެރޭގައި 302 ބިދޭސީ މަސައްކަތްތެރިން ހިމެނޭކަމަށްވެސް އެންޑީއެމްްއޭއިން ބުނެއެެވެ. އެމީހުނގެެ ތެރެއިން 280 މީހަކާ އެ މީހުންގެ ކުންފުނިތަކުން ހަވާލުވެފައިވާ ކަމަށާއި 20 ބިދޭސީއަކަށް ދިވެހި ރެޑްކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށ އެންޑީއެމްއޭއިން ބުނެއެވެ.
ވަގުތީ ގޮތުން އެހީތެރިކަން ބޭނުންވާ 10 ގެއެއްގެ 77 މީހުނަށް މިހާތަނަށް ވަގުތީ ހިޔާތަކަށް ބަދަލުކޮށް އެހީތެރިކަން ދީފައިވާކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ.
މީގެއިތުރުން ބައެއް އާއިލާތަކުން ވަގުތީ ގޮތުން އާއިލީ ގޭގެއަށް ބަދަލުވެފައި ވާއިރު އަލިފާނުގެ ހާދިސާއާ ގުޅިގެން ހުސްކުރަން ޖެހުނު 15 ގެ ވެސް ހުސްކުރަން ޖެހުނީ ބޯ ދުމުގެ ސަބަބުން ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ. އަދި ދުމުގެ އަސަރުކޮށްގެން ހަތް މީހަށް ހޮސްޕިޓަލުން ފަރުވާދިން ކަމަށާއި އެ ހުރިހާ އެންމެންގެ ހާލު ވެސް ރަނގަޅުކަމަށ އެންޑީއެމްްއޭއިން ބުނެއެވެ.
ރޭ ނުވައެއް ޖަހާކަންހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ގުދަނުގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިންވާލެވުނީ ފަތިސްވީ ފަހުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;