ބޭނުންވާ ތަކެތި:
1200ގ ކުކުޅު (ނޮޅާ ސާފްކޮށްފަ ކޮށާފަ)
6 މސ ޝާން ބަޓަރު ޗިކަން މަސާލާ
2 މސ ޖިންޖާ ގާލިކް ޕޭސްޓް
1 ސސ ކޮރިއަންޑާ ޕައުޑަރު
5 މސ ޗިލީ ޕައުޑަރު
2 މސ ބުލެކް ޕެޕާ
ކި2މސ ދިރި ޕައުޑަރު
ލޮނު (ރަހަލާވަރަށް)
1 ތަށި ޔޯގަޓް (ޕުލެއިން)
ކުކުޅު ކުރީމް ތައްޔާރުކުރަށް:
2 ކިޔުބް ބަޓަރު
2 ފިޔާ (ބޮޑެތި ކޮށް ކޮށާފަ)
2 ޓޮމާޓޯ (ކިޔުބްކޮށް ކޮށާފަ)
1 ކޯޅި ހިކަނދިފަތް
50ގމ ކުކިން ކެޝޫނަޓް
2 ގިތެޔޮމިރުސް
2 މސ ޖިންޖާ ގާލިކް ޕޭސްޓް
2 މސ ޓޮމާޓޯ ޕޭސްޓް
1 ސސ އަސޭމިރުސް ޕައުޑަރު
1 ސސ ކޮތަންބިރި ޕައުޑަރު
1 ސސ ދިރި ޕައުޑަރު
2 ސސ ބަޓަ ޗިކަން މަސާލާ
2 ކެޕްސިކަމް (ކުދިކޮށް ކޮށާފަ)
ކުކިން ކުރީމް
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ކުކުޅު މެރިނޭޓް ކޮށްލަށް ޝާން ބުރޭންޑްގެ މަސާލާ، އަސޭމިރުސް، މުގުރި މިރުސް، ލޮނު، ޔޯގަޓް، ދިރި އަދި ކޮތަބިރި ޕައުޑަރު އަދި ޖިންޖާ ގާލިކް ޕޭސްޓްކޮޅެއް އަޅާފަ 30 މިނެޓް ވަންދެން މެރިނޭޓް ކޮށްލަށް ބަހައްޓާށެވެ.
ދެން ތެއްޔަކަށް ކުޑަ ތެޔޮ ފޮދެއް އަޅާފަ ކުކުޅު ދެފުށް ކުޑަ މުށިކުލައެއް އަރަންދެން ކައްކާލާށެވެ.ބޭނުންވާ ވަރަށް ކުކުޅު ކޮޅު ކެކުނީމަ ތަށްޓަކަށް ކުކުޅު ކޮޅު ނަގާށެވެ.
އެއަށްފަހު ހަމަ އެތެއްޔަށް ކުކުޅު ކުރީމް ތައްޔާރުކޮށްލަށް ބަޓަރު ކޮޅެއް އަޅާފަ ބަޓަރ ކޮޅު މެލްޓް ވީމަ،ފިޔާ، ޓޮމާޓޯ، ހިކަނދިފަތް އަޅާފަ ކުޑަކޮށް ރަތްވީމަ ކެޕްސިކަމް ކޮޅެއް އަޅާނީ އެވެ. ދެން ކެޝޫނަޓް، ގިތެޔޮމިރުސް އަދި ބަޓަރު ޗިކަން މަސާލާ ކޮޅެއް އަޅާށެވެ. ޖިންޖާ ގާލިކް ޕޭސްޓް އަސޭމިރުސް ޕައުޑާ ދިރި ޕައުޑާ އަދި ކޮތަންބިރި ޕައުޑާ ކޮޅެއް އަޅާ ލޮނުކޮޅެއް ލައިގެން ކައްކާލާފަ ދެން ކުޑަ ޓޮމާޓޯ ޕޭސްޓް ކޮޅެއް އަޅައިގެން ކުޑަ ފެންފޮދެއް އަޅައިގެން ރަނގަޅަށް ކައްކާލާފަ މިބައި ތަށްޓަކަށް ނަގާށެވެ.
ދެން ދެންމެ ތަށްޓަށް ނެގި ބައި މިކުސްޗަރުގެ ފުޑާބަޔަށް އަޅާ ހިމުން ކޮށްލާށެވެ. ދެން މިބައި ތެއްޔަށް އަޅާލާފަ އަނެއްކާވެސް ރަނގަޅަށް ކައްކާލާށެވެ. ދެން ކުކިން ކްރީމް އަޅާފަ އޭގެ ތެރެއަށް ކުރިން ކައްކާލާފަ ނެގި ކުކުޅު ކޮޅު އަޅާލާށެވެ. އަދި އިތުރު ބަޓަރު ކޮޅެއްލައިގެން 5 މިނެޓް ވަންދެން މަތިޖަހައިގެން ކައްކާލާށެވެ.އޭރުން ހުންނާނީ ކުކުޅު ކޮޅާ ހަވާދު ކޮޅު އެކުވެ ރަނގަޅަށް ކެކިފައެދެން އަނެއްކާވެސް ކުޑަ ކުކިން ކުރީމް ކޮޅެއް މައްޗަށް އަޅާލާށެވެ. މިހާރު މިހިރީ ބަޓާ ޗިކަން ހަދާ ނިމިފަ އެވެ.
އީދު ދުވަސް ކަހަލަ އާއިލީ ދުވަހަކަށް ފަރާޓާ ނޫނީ ރޮށްޓާ އެކީ ކާލަށް މީ ވަރަށް ކަމުދާނެ ކެއުމަކަށް ވާނެ އެވެ. އަޖުމަބަލާލަށް އަޅެ ތައްޔާރު ކޮށްލާށެވެ.
މި ރޯދަ މަހު ގެނެސް ދެވުނު ހުރިހާ ރެސިޕީ އެއް ކަމުދިޔަ ކަމަށް އުއްމީދު ކުރަމެވެ. އިންޝާﷲ އަށްނަ ރޯދަ މަހު ބައްދަލު ވާނެ ކަމަށް އުންމީދުކުރަމެވެ. ހުރިހާ ކިޔުންތެރިންނަށް ވަރަށް އުފާވެރި އީދު ދުވަހަކަށް އެދެމެވެ. އީދު މުބާރިކް.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;