މުޖުތަމައުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ނިޔަތުގައި ރައީސް ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން ދިވެހި ސަރުކާރުގެ ފަރާތުން ވިލަރެސްކޮށް ކުރިއަށް ގެންދާ ހަވީރުގައި އެމްއޭސީއެލް އިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްއޭސީއެލުން ބުނީ، މިއަދުން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ހަރަކާތްތަކުގައި އެ ކުންފުނީގެ ސްޓޯލް ގާއިމްކުރެވިފައި ހުންނާނީ ސެންޓްރަލް ޕާކުގެ އިރުމަތީ ފަރާތު އެންޓްރެންސްގައި ކަމަށެވެ.
މި ހަރަކާތްތައް ކުރިއަށް ގެންދާނީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4.00 އިން 6.00 އަށެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި، މިއީ ކުޑަކުދިންނާއި އާއިލާތަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ "ޒޫޓޯޕިއާ" ތީމްގެ ކުޅިވަރު ސަރަހައްދެކެވެ.
މި ސަރަހައްދުގައި ޒޫޓޯޕިއާގެ ކެރެކްޓާ މެސްކޮޓްތައް ސްޓޯލް ކުރިއަށްދާ ވަގުތު ހަރަކާތްތެރިވަމުން ދާއިރު، މި ސްޓޯލްގެ އެންމެ ހާއްސަ އެއް ކަމަކީ ސްޓޯލްގެ މެދުގައި ތައްޔާރު ކޮށްފައިވާ "ޓްރީހައުސް" (ގަސްމަތީ ގެ) އެވެ.
މީގެ އިތުރުން، "އެކްސް ތްރޯއިން" (ކޮޅުފިލި އުކުން) "ރެކިން ބޯލް" އަދި "ޝޫޓް ޔޯ ޝޮޓް" ފަދަ ހުރިހާ އުމުރުފުރައަކާ ގުޅޭ ތަފާތު ކުޅިވަރުތަކުގައި ޒިޔާރަތްކުރާ މީހުންނަށް ބައިވެރިވެވޭނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އީދަކީ އެއްބައިވަންތަކަމާއި އުފާވެރިކަމުގެ މުނާސަބަތަކަށް ވާއިރު، އެމްއޭސީއެލްގެ އަމާޒަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، މުޖުތަމައަށް ފައިދާހުރި ކަންކަމުގައި ދެމިއޮތުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;