ads
އދ.ގެ މައި މަރުކަޒަށް ރާއްޖެއިން ހަދިޔާކުރި ތުނޑުކުނާ ބަހައްޓަނީ. - ފޮޓޯ: ފޮރިން މިނިސްޓްރީ
އދ.ގެ މައި މަރުކަޒުގައި ދިވެހި ތުނޑުކުނަލެއް ބަހައްޓައިފި
އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ރާއްޖޭގެ ތުނޑު ކުނަލެއް ބަހައްޓައިފި އެވެ.
Advertisement

ފޮރިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި މި ތުނޑު ކުނަލަކީ ރާއްޖެއިން އދ. ގެ މައި މަރުކަޒަށް ހަދިޔާ ކުރި ހަނދާނީ ހަދިޔާއެކެވެ.

ރާއްޖޭގެ ތުނޑު ކުނަލެއް އދ. ގެ މައި މަރުކަޒުގައި ބެހެއްޓުމަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، 2024 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ އަށް ނިއު ޔޯކަށް ކުރެއްވި ޒިޔާރަތުގަ އެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި އެ ކުނާ ފަރުމާކޮށް ވިޔުނީ، އެ މަސައްކަތުގައި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ރަށް ކަމަށްވާ ގދ. ގައްދޫގެ މީހެކެވެ.

އެއީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި ރާއްޖެ އދ.ގެ މެމްބަރަކަށް ވީތާ 60 އަހަރު ފުރުމުގެ ހަނދާނުގައި އދ.ގެ މައި މަރުކަޒުގައި ދިވެހި ފަންނުވެރިކަން ދައްކާލަން ތައްޔާރުކުރި ކުނަލެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އދ. ގެ މައި މަރުކަޒުގައި ބަހައްޓާ ތުނޑުކުނާ، އދ. ގެ މައި މަރުކަޒުގައި ބޭއްވުނު ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްދެއްވީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ. މިއީ ރާއްޖޭގެ އުފެއްދުމެއް އދ. ގައި ބެހެއްޓި ފުރަތަމަ ފަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;