ސަލްޓަން ޕާކުގެ މަރާމާތަށް ފަހު އެ ޕާކު މިހާރު ވަނީ ފިތުރު އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށާއި އެއްކޮށް އާންމުންނަށް ހުޅުވާލާފަ އެވެ.
ރައީސް، ސަލްޓަން ޕާކަށް އިއްޔެ މެންދުރު ކުރެއްވި ޒިޔާރަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ބެއްލެވުމުގެ ދަށުން ތަރައްގީ ކުރައްވަމުންގެންދަވާ ސަލްޓަން ޕާކުގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އަލަށް ގާއިމުކުރާ އެކިއެކި ވަޞީލަތްތަކުގެ މައުލޫމާތު ވަނީ ސާފުކުރައްވާފަ އެވެ.
އަދި ޕާކު ތަރައްގީ ކުރުމުގައި އަމަލީގޮތުން މިހާރު ކުރެވިފައިހުރި މަސައްކަތްތައް ރައީސް ވަޒަންކުރެއްވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;