1970 ގެ ތެރޭގައި އެންމެ މަޝްހޫރުވި ޗަކް ނޮރިސް މަރުވީ އުމުރުން 86 އަހަރުގައެވެ. ޗަކް ނޮރިސް މަރުވީ މީގެ ދުވަސްކޮޅެއް ކުރިން އޭނާގެ ސިއްހީ ހާލަތު ދަށްވެގެން ހަވާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާދެމުންްދާކަމަށް މީގ ކުޑަދުވަސްކޮޅެއް ކުރިން އޭނާގެ އާއިލާއިން ހަމާކޮށްފައިވަނިކޮށެވެ.
ދާދީ ފަހުންް އުމުރުންް 86 އަހަރު ފުރުންް ޗަކް ނޮރިސް ވަނީ މީގެ 10 ދުވަސްް ކުރިން އޭނާގެ ވީޑިއޯ ކޮޅެއްވެސް ފޭނުންނަށް ދައްކާލާފައެވެ. އެގޮތުން ކަސްރަތަށް ބޮކްސިން ތަޅާ ތަން ފެންނަ އެ ވީޑިއޯއަށް ފޭނުންގެ ވަރަށް ތަރުހީބުވެސް ލިބުނެއެވެ. ސަބަބަކީ އޭނާގެ އުމުރަށްވުރެ ވަރުގަދަކޮށް އަދި ހަލުވިކޮށް ޗަކް ނޮރިސްް ފެންނާތީއެވެ.
ހޮލީވުޑްގައި ޗަކް ނޮރިސް އެންމެ ފުރަތަމަ ވިދާލީ މާޝަލް އާޓިސްޓެއްގެ ގޮތުގައެވެ. އޭގެފަހުން އެތައް ފިލްމެއް ވާނީ ކުޅެފައެވެ. ޗަކްް ނޮރިސްްގެ ފިލްމުތަކުގެ ތެރޭގައި 'ލޯން ވުލްފް މެކުއޭޑް'، 'ދަ ޑެލްޓާ ފޯސް'، 'ވޯކާ، ޓެކްސަސް ރޭންޖާ' އަދި 2012ގައި ނެރުނު 'ދި އެކްސްޕެންޑަބްލްސް 2' ފަދަ އެކްޝަން ފިލްމުތައ ހިމެނެއެވެ. މީގެއިތުރުން 'ދަ ވޭ އޮފް ދަ ޑްރެގަން'ގައި ބްރޫސް ލީއާ އެކު ވެސް ފެނިގެންދިޔައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;