ads
ފަރެސްމާތޮޑާ އިން 18 ހެކްޓަރުގެ ބިން ހިއްކަން ފަށައިފި
ގދ.ފަރެސްމާތޮޑާއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެ ރަށަށް 18 ހެކްޓަރު އިތުރުކުރަން ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
Advertisement

ފަރެސްމާތޮޑާ ބިން ހިއްކުމުގެ މަޝްރޫއުގައި 18 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކައި 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 142.67 މިލިއަން ރުފިޔާއަށެވެ. 

މި މަޝްރޫއުގެ ސަބަބުން، ރަށުގެ އިގްތިސާދީ ތަރައްގީއަށް ބޭނުންވާ ޖާގައިތުރުވެގެން ދިއުމާއެކު ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

އެ ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;